- Advertisement -ad image

ހައްވާ ނަހުމާ: ދިއްފުށި އެ ދަރިއަކަށްޓަކައި ފަހުރުވެރިވުން ހައްގު ދަރިއެއް!

ad image

ގުޅުންހުރި ލިޔުންތައް

ކ. ދިއްފުއްޓަށް އުފަން ހައްވާ ނަހުމާގެ ގުރުއާން އެންމެ ފުރަތަމަވެސް އަޑުއަހާލަން ލިބުނީ ދާދިފަހުން ކާނިވަލުގައި ބޭއްވި މުފްތީ މެންކްގެ ދަރުހުންނެވެ. އެ އަޑު ކަންފަތު ޖެހުމާއެކު އެންމެ ފުރަތަމަ ވެސް ހިތަށްއެރީ މާޝާﷲ ހާދަ އަޑުއަހާލަން ފަސޭހަ ރީތި އަޑެކެވެ. އަދި އޭގެ އަނެއްދުވަހު އެރިއިރާއެކު ނަހުމާގެ ކިޔެވުމަށް މީހުން ތައުރީފުކޮށް ފޭސްބުކްއަށް ލާފައި ޕޯސްޓްތައް ފެނުމުން ނަހުމާއަށް ގުޅާލާ ވާހަކަދައްކާލާ ހިތްވެސްވިއެވެ.

ތުއްތުއިރުއްސުރެ ޤުރުއާނަށް ޝައުގުވެރިކަން ހުންނަ ނަހުމާއަށް އެންމެ ފުރަތަމަ މުބާރާތެއްގައި ވާދަކޮށް ވަނަ ހާސިލްކުރަންފެށީ އުމުރުން އެންމެ ހަތް އަހަރުންފެށިގެންނެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ނަހުމާވަނީ ޤުރުއާން ދަސްކޮށް މަޙްރަޖުން ކިޔެވުމަށް އެތައް ބުރަ މަސައްކަތެއް ކޮށްފަ އެވެ.

ގުރުއާން އުނގެނެން ފެށީ ކާކު ކައިރިން؟
އެކި އުސްތާޛުންގެ ގާތުން ހުންނާނީ ޤުރުއާން އުނގެނިފައި. އެގޮތުން މަންމަ އާއި ބައްޕައަކީ އަޅުގަނޑުގެ ފުރަތަމަ އެދުރު. ދެން ކުރީގެ ސްކޫލް ޤުރުއާން މިސް (އަޒްހީމާ މިސް) ކައިރިންގްރޭޑް ހަތަރަކާއި ހަމަޔަށް ކިޔެވުމަށްފަހު ރަށުގެ ގުރުއާން ކްލާހަކުން 10ގްރޭޑް އެއް ނިމެންދެން ޕާކިސްތާނު އުސްތާޒެއް ކައިރިން ކިޔެވީ.

މިހާތަނަށް ލިބިފައި ހުރި ކާމިޔާބީތަކަކީ ކޮބާ؟
މިހާރު މި ނިމުނީ ބެޗްލާސް ޑިގްރީ އިން ޤުރުއާން ޓީޗިން. ގާރީ ކޯސް އެޑްވާންސް އާއި ހަމަޔަށް ފުރިހަމަ ކުރިން. ދެން ސްކޫލްގަ އުޅުނު އަތޮޅު މުބާރާތްތަކުގައި ބައިވެރިވެގެން ދެވަނަ ނޫނީ ތިންވަނަ ލިބޭ. އައިބީސީގެ ފަރާތުން ލައިފް ގުރުއާން މުބާރާތް 18އ މަތިން އަދި މުޅި މުބާރާތުން ތިން ވަނަ ލިބުނު. އޮފީސްތަކުގެ ގުރުއާން މުބާރާތުގައި އައިޔޫއެމްގެ ފަރާތުން ބައިވެރިވެގެން އަންހެން ގޮފިން މުޅި މުބާރާތުން އަދި މުޅި މުބާރާތުން އެއްވަނަ ލިބުނު. އަދި އަމިއްލަގޮތުން ވާދަކުރިން ކޮވިޑް ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ވެސް. އެ މުބާރާތުގައި ބައިވެރިވެ، ޙަދަރް ކޮށް ރާގަށް ކިޔެވުމުގެ ބައިން އަންހެން ގޮފިން ތިން ވަނަ ލިބުނު.

ކުރިން ސްކޫލްގެ ފަރާތުންނާއި ގުރުއާން ކްލާހުގެ ފަރާތުަން ހުންނާނެ އަތޮޅު މުބާރާތުގައި ވެސް ބައިވެރިވެގެން ވަނަ ލިބިފަ. ދެން އޭރުވެސް އަތޮޅު މުބާރާތްތަކުގައި ބައިވެރިވެ ވަނަ ހާސިލް ކުރީމަ މީހުން ވަރަށް ހިތްވަރުދޭ. ވަރަށް އުފާވޭ ފުރުސަތު ލިބޭތީވެސް.

ޤުރުއާން އުނގެނުމަށް ބޭނުންކުރާ އުކުޅުތަކަކީ ކޮބާ؟
ވަކި ހާއްސަ އުކުޅެއް ބޭނުމެއް ނުކުރަން. އެކަމަކު އަބަދުވެސް އަކުރުތަކުގެ މަހުރަޖަށް އަދާކޮށް ދޫ ފަސޭހަ ކުރުމަށް މަސައްކަތް ކުރަން. އެހެންވެ ގިނައިން ޤުރުއާން ކިޔަވަނީ. ދެން ވަރަށް ގިނައިން ޤުރުއާން އަޑުއަހަން.

ވަކި ޤާރީއެއްގެ ރާގަށް ކިޔަވަން މަސައްކަތް ކުރަންތޯ؟
ޤުރުއާން ވަކި ރާގަކަށް ކިޔަވަން މަސައްކަތެއް ނުކުރަން. މީދެން ކުޑައިރުގައި އައިސްފަ އިން ރާގު. އެކަމަކު ބައެއް ޓީޗަރުން ބުނޭ ހުސަރީގެ ކިޔެވުމާ ވައްތަރޭ.

އެންމެ އުފާވި ދުވަހަކީ ކޮބައިތޯ؟
އެންމެ އުފާވި ދުވަހަކީ ވާޗުއަލް ޤައުމީ މުބާރާތުން ވަނައެއްގަ ލައްވާލީމަ. އެ މުބާރާތަށް ރާއްޖެއިން ބޭރުންވެސް ވަރަށް ގިނަ މީހުން ބައިވެރިވި. އެހެންވެ އެހާބޮޑު މުބާރާތަކުން ވަނައެއް ލިބުނީމަ ވަރަށް އުފާވި.

ޤުރުއާން އުނގެނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބާ؟
ކިޔެވިއިރުގައި ވަރަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު. ރަށުގައި ގާރީކޯހުގެ ލެވަލް އެކެއް ހެދީ. އޭރު ސްކޫލްގައި ގްރޭޑް 9އެއްގައި ކިޔަވަމުން ގާރީ ކޯސް ހެދީ. މީހުން ފާޑުކިޔުންތައް އޭރު ވަރަށް އަމާޒުވޭ.

ބައެއް މީހުން ބުނޭ ޓީޗަރުން ބުނާގޮތް ހަދައިގެން ކަމަކުނުދާނޭ. އެކަމަކު އަޅުގަނޑު ބުނަން ބޭނުންވަނީ ޓީޗަރ ބުނާގޮތް ހަދާށޭ. ޓީޗަރ ބުނާގޮތް ހަދައިގެންނޭ ކާމިޔާބު ވާނީ.

އަދި ކޮވިޑް ދުވަސްވަރު އަމިއްލަ ރަށުން ޓީޕީ ފުރިހަމަ ކުރިއިރުވެސް ވަރަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު. އެހެންނަމަވެސް މީމު އަތޮޅު ތައުލީމީ މަރުކަޒުން އަޅުގަނޑު ޓީޕީ-2 ފުރިހަމަ ކުރިއިރު ލިބުނު ހިތްވަރާއި ސަޕޯޓަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން. އަޅުގަނޑު ބުނެލާނީ ގޮންޖެހުން ތަކާއެކު ކުރިމަތިލާން ޖެހުނަސް ހިތްވަރާއެކު ކުރިއަށް ދާށޭ.

އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ؟
.ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ދުވަހެއް. އަދި އެހެން މީހުންނަށް ޤުރުއާން ކެރިއާއެއްގެ ގޮތަށް އުނގަންނައިދެވޭނެ ދުވަހެއް. މިހާރުވެސް ގޭގައި ކުދިންނަށް ކޮންމެވެސް ވަރަކަށް ކިޔަވައިދެން. އެކަމަކު ބެޗްލާސް ޑިގްރީ އާއި ހަމަޔަށް ކިޔެވިޔަސް ރަށުގައި 2 ޤުރުއާން ޓީޗަރުން ތިބުމުން އަދި އެ ފުރުސަތެއް ނުލިބޭ.

މުފްތީގެ ދަރުސްގައި ކިޔެވުމުގެ ފުރުސަތު ލިބުނީ ކިހިނެތްތޯ؟
އެ ފުރުސަތު އަސްލު ދިނީ އިސްލާމިކް މިނިސްޓްރީން. މިނިސްޓްރީން މެސެޖުކުރީ ހަމަޖެހިފަ އިން ވާހަކަ. އާދެވޭނެތޯ؟ އެ ފުރުސަތު ގެއްލުވާލަން ބޭނުންނުވާތީ ފުރުސަތުގެ ބޭނުން ހިފީ.
އެރޭ ކިޔަވާފައި ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެއް ލިބުނީ. އެންމެންވެސް ބުނި ވަރަށް ރަނގަޅޭ.

ޤުރުއާން އުނގެނުމާއި ގުޅޭގޮތުން އެއްޗެއް ބުނެލަން ބޭނުންތޯ؟
އަޅުގަނޑު ބުނާނީ ގިނަ ވަގުތު ޤުރުއާނުގެ ތެރޭގައި އުޅޭށޭ. މިހާރު ގިނައިން ފެންނަނީ ކޮންމެ ކުއްޖަކު ވެސް ބަނޑިބަނޑި ލައްވައިގެން ރާގުރާގަށް ކިޔެވޭތޯ އުޅޭތަން. އޭގެ ބަދަލުގައި މަހުރަޖަށް ކިޔެވޭތޯ އަކުރުތައް އަދާކުރެވޭތޯ ބަލާށޭ.

ނަހުމާއަކީ މިހާރު މުޅި ދިއްފުށިވެސް ފަހުރުވެރިވާ ޒުވާނެކެވެ. ޤުރުއާން އުނގެނުމުގައި ނަހުމާ ވެފައިވަނީ ނަމޫނާއަކަށެވެ.

ގުޅުންހުރި ލިޔުންތައް

22 ޚިޔާލު

    • އެކުދިން ކިޔެވި ދުވަސްވަރު ނޯންނާނެ ގްރޭޑް 10 އާ ހަމައަކަށް ޤުރުއާން މާއްދާއެއް ސްކޫލަކު .. މާފަހުންނެއްނު އަދިމި ޤުރުއާން މާއްދާ 10 އާ ހަމައަށް ކިޔަވާދޭ ގޮތަށް ހެދީ .. މިހާރު އަދިމި އާ މަންހަޖް އުފެއްދީ .. ވިސްނަބަލަ .. 🤔

    • އެކޮއެ އާސްތޫ .. ކުރިން ސްކޫލުތަކުގަ ޤުރުއާން މާއްދާއެއް ނޯންނާނެއެއްނު 10 އާ ހަމައަކަށް.. މިހާރު އުފެދިގެންމިއާ އާމަންހަޖުގަ ޤުރުއާން މާއްދާ ގްރޭޑް 10 އާ ހަމައަށް ކިޔަވާދޭ ގޮތަށް އެހެދީ 😊

  1. ސުކޫލުގަ ކިޔަވާދޭ ގުރުއާނުން ކުދިންގެ ކިޔެވުމަށް އެއްވެސް ބަދަލެއް ނާދެ ކުދިންނަށް މަޚްރަޖައަށް ކިޔަވަން އެނގެނީ ގުރުއާން ކުލާހަށް ގޮސްގެން…………

    • ނަހުމާ އަށް މިހާރު ދިއްފުށި އެއީ ރަށަކަށް ނުވުން ތީ ވ ބޮޑު މައްސައެއް.
      ތި މއތމ ކިތައް އަހަރުތޯ ނަހުމާ ކިޔެވީ.
      މީ އޭ މި ރާއްޖޭގެ މައްސަލަ އަކީ.

  2. އެހެން ވީމަ ދިއްފުށީ ސުކޫލް ގަ ނެތެއްނު ތި ނަހުމާއައް ގުރުއާން ކިވާދިން ޓީޗަރެއް.ބަޔަކާ ޖައްސާލިޔަސް ބޮޑު ވަރު..މަރުހަބަ ތި ހޯދި ކާމިޔާބީއައް

    • ދިއްފުށީ ސްކޫލުގަ ކިޔަވާދިން ޓީޗަރެއްގެ ވާހަކަ އެއޮތީވެސް .. އެކަމު ތިބުނަނީ “ދިއްފުށި ސްކޫލަކު ނެތެއްނުންހޭ އެދަރިއަށް ކިޔަވާދިން ޓީޗަރަކު ” 🤣🤣 ލިޔެވެނީ ކީކޭ ކިޔެނީ ކީކޭ ކަމެއްވެސް ނޭނގެ .. އެދަރި ޤުރުއާން ކިޔަވާދިން ހުރިހާ އެންމެންގެ ވާހަކަ ލިޔަންވެއްޖެއްޔާ ނެތެއްނު ސަލާމަތެއް .. އެއޮތީ ފުރަތަމަވެސް ޖުމްލަކޮށް ބުނެފަ އެކި މީހުންގެ ގާތުން ހުންނާނީ ޤުރުއާން އުނގެނިފައޭ .. ރަގަޅަށް ތަމެން ބަލައިގެން ކިޔާބަލަ . 👀 އެ ދަރިއާ ޖައްސާލިޔަސް ތިދެން ބޮޑުވަރު .. މިހާރު އިނގިއްޖެ ޖައްސާލާން އުޅޭ މީހުން..އެއްޗެކޭ ކިޔާނެ ތަންކޮޅެއް ހޯދަހޯދާ .. ސާބަހޭ 👏👏

  3. މިއާޓިކަލްއަކު ނެތް ބުނެފަ އެމަންޖެ މއތމ އިން ކިޔެވި ވާހަކައެއް😂 ..ރަގަޅަށް ކިޔާފަ ކޮމެންޓް ކުރޭ..

  4. ފަހުރުވެރި ނުވަނީތަ..އެވެރިން ފަހުރުވރި ވޭ އެކަމް އެމަންޖެ ބުނާގޮތުން ދިއްފުށީސުކޫލް ޓީޗަރަކު ނެތެއްނު އެމަންޖެއައް ގުރުއާން ކިޔަވާދީފައެއް.ަ
    ތި އަޒުމީލާ މިސް ކިތައްއަަހަރު ތޯ ކިޔަވާދިނީ ދިއްފުށީ ސުކޫލްގަ .

    • “އަޒުމީލާ ” މިސް އެއް ކިޔަވައެއްނުދެން ދިއްފުށީ ސްކޫލަކު 🤣🤣 އެދަރިވަރު ނެތް އަޅުގަނޑު ކިޔަވައިދިން ވާހަކަ އެއް މިއާޓިކަލްއަކު ޖަހާފައެއްވެސް .. 🤦‍♀️ ކޮމެންޓް ކުރާއިރު ރަގަޅަށް ކިޔުއްވާ 👀

  5. ކޮންމެހެން ދިއްފުށީ ސްކޫލް ޓީޗަރޭ އަދި ބުނަންވޭތަ 🙄 އެއޮތީ އެކި މީހުން ކައިރިން ޤުރުއާން އުނގެނުން ވާހަކަ . އެހެން ބުނީމަ އޭގެތެރޭ ތިކިޔާ ދިއްފުށީ ސްކޫލުގެ ޓީޗަރު ނުހިމެނެނީތަ؟ .. އެހެންވިއްޔާ އެމަންޖެ ކޯސް ހެދިއިރު ކިޔަވާދިން މީހުންނާ އެދުރުދައިތަ އިންނާ ހުރިހާ އެންމެންގެ ވާހަކަ ބުނަންވާނެ. އޭގަ އެއޮތީ އެންމެ ސަޕޯޓިވްވި މީހުންގެ ވާހަކައެއް .. އަމިއްލައަށް ވިސްނިއަސް ދެން އިނގޭނެ ދޯ ސްކޫލެއްގަ ޤުރުއާން މާއްދާއެއް އޮތީވިއްޔާ ކިޔަވައިދޭނެކަން 🤦‍♀️🤦‍♀️

  6. މިއަހަރު ދިއްފުށީ ސުކޫލަށް ޕޓ ހަދަން ނަހުމާ އައާމަ އެތާ މީހުން ނަހުމާ އަށް ހެދިގޮތް ވަރަށް ރަންގަޅަށް އަހަރުމެނަށް އަންގޭ….. ނަހުމާއަށް އެ ހިސާބައް ދެވުނީ ނަހުމާ ގެ އަމިއްލަ މަސައްކަތުން…. ވަރަށް ގިނަ ގޮންޖެހުންތައް ގިރާކޮއްފަ…. ނަމަވެސް މިއަދު އެހިސާބައް ދެވުމުން ދިއްފުށީ މީހުންނަށް ނަހުމާ ފެނިގެން މިއުޅެނީ…..

  7. އަޅުގަނޑުވެސް އާޓިލްކަލް ކިޔާލާފިން. އަދި ކޮމެންޓްސްވެސް ކިޔާލާފިން. ނަޚުމާ ހޯދި ކާމިޔާބީތަކަށް މަރުޚަބާ ކިޔަން. ދިއްފުއްޓައް އުފަން ކުއްޖަކު މުވަރުގެ ކާމިޔާބީއެއް ހޯދުމުން ފަޚުރުވެރިވޭ. ބުނެލަން އޮތީ، ރަށުގައި އުޅުނު އިރު މިކަމުން ކުރިޔަށް ދިއުމުގައި ކުރިމަތިވި ދަތިތަކެއް ހުރިކަމުގައި ވިޔަސް އަމިއްލައަށް އެކަމަށް އަޅާނުލާ ކުރިޔަށްދާން މަސައްކަތް ކުރުމުން ނަޚުމާ މިކަމަށް ހުރި ޝައުގުވެރިކަން ފެނިގެން ދެޔޭ! އަދި ބަޔަކު ނަޚުމާ މިކަމުން ކުރިޔަށް ގޮސްދާނެތީ ހުރަސް އަޅާ، ދަތިކުރަން އުޅުނަށް އަބަދުވެސް ހަނދާން ކުރައްޗޭ ނަޚުމާ އަކީ މުޅި ކ. ދިއްފުށި ފަޚުރުވެރިވާ ކުއްޖެކޭ! އަބަދުވެސް ތިގޮތުގައި ހުންއްޗޭ! މާތް ﷲ ނަޚުމާ ތިކުރާ މަސައްކަތުގައި ބަރަކާތް ލައްވާ ނަޚުމާގެ ހުވަފެންތައް ހަޤީގަތަކަށް ހައްދަވާ ދެއްވާށި! އާމީން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ