- Advertisement -ad image

ކޮފީއަށް ލުނބޯހުތް އަޅައިގެން ބުއިން ރަނގަޅެއް ނޫން: ޑރ. މުހައްމަދު އަލީ

ad image

ގުޅުންހުރި ލިޔުންތައް

ލޫޅާފަތި ހަށިގަނޑެއް ހޯދުމަށް އެކި މީހުން ބޭނުންކުރަނީ އެކި އުކުޅެވެ. ކަސްރަތުން ފެށިގެން ފާޑު ފާޑުގެ ބޭސްތައް ވެސް މި ބޭނުމުގައި މީހުން ކައި އުޅެއެވެ. ނަމަވެސް ސުވާލަކީ މިފަދަ އެއްޗެހި ކައިގެން ބަރުދަން ލުއިކުރާއިރު މިކަމުން ލިބޭނެ ގެއްލުން އެނގޭބާވަ އެވެ؟

ކޮފީ އަދި ލުނބޯ އެއްކޮށްގެން ބުއިމުން ވަރަށް އަވަހަށް ބަރުދަން ލުއިވާކަމަށް ވަރަށް ގިނަ ބަޔަކު ބުނެއެވެ. އަދި މިކަން ތަޖުރިބާ ކޮށްފައި ތިބި މީހުން މިއީ މުޖައްރިބު ހައްލެއްކަމަށްވެސް ބުނެފައި ވެއެވެ.

ލުނބޯ އަދި ކޮފީ އަކީވެސް އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނޭ ދެ ބާވަތެވެ. މި ދެ ބާވަތުގެ އެހީގައި ހަށިގަނޑުގައި އުފެދޭ ޓޮކްސިންސް ބޭރުކޮށްދިނުމަށް އެހީތެރިވެދެ އެވެ.

އައިޖީއެމްއެޗްގެ ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި ކޮފީއަށް ލުނބޯ އަޅައިގެން ބުއިމުން ވެދާނެގޮތަކަށް އޮންނަނީ ކާ ހިތްވާ ވަރު ކުޑަކޮށްލުމެވެ. އެހެންނަމަވެސް ހުސްބަނޑާހުރެ މި ބުއިން ބުއިމުގެ ސަބަބުން ގޮހޮރުގެ އެތެރެފަށަލައަށް ވަރަށް ބޮޑަށް އުނދަގޫވާނެކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން މިގޮތަށް ބަރުދަން ލުއިކުރުން މިވަނީ ނުކައި ހުރެ ބަރުދަން ލުއިކުރުން ކަމަށާއި މިއީ އެއްގޮތަކަށްވެސް އެދެވޭކަމެއް ނޫންކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ސަބަބުން ހަށިގަނޑަށް ލިބެންޖެހޭ ވިޓަމިންސް އަދި މިނެރަލްސް ވެސް އެންމެ ފުރިހަމަ ގޮތުަގައި ނުލިބޭނެ ކަމަށެވެ.

ހަމައެހެންމެ މިހާތަނަށް ލުނބޯ އަދި ކޮފީ އެއްކޮށްގެން ބަރުދާން ލުއިވާކަމަށް ބާރުލިބޭ އެއްވެސް ދިރިސާއެއް ފެނިފައި ނުވާކަމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ބަރުދަން ލުއިކުރަން އެދޭނަމަ ކަސްރަތު ކުރުމާއެކު ފޮނިއެއްޗެހި ކެއުން މަދުކުރުމާއި އެއްފަހަރާ ގިނައިން ނުކައި މިންހެޔޮކޮށް ކެއުމަށް ޑރ. މުހައްމަދު އަލީވަނީ އިރުޝާދު ދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ