- Advertisement -ad image

އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިން އެނގޭތަ؟

ad image

ގުޅުންހުރި ލިޔުންތައް


މިއީ ފުޓްބޯޅައިގެ މޫސުމެވެ. ކޮންމެ ގެއަކުންވެސް ކޮންމެ މަގަކުންވެސް ފެންނަނީ ފުޓްބޯޅައިގެ ލޯބި އަހަރުމެން ހިތުގައި އޮތް ވަރެވެ. މިދައްކަނީ ހަމައެކަނި ރާއްޖޭގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މިވަގުތުގެ ހާލަތުގެ ވާހަކައެވެ.
މިފަދަ ދުވަސްވަރެއްގައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިންނަކީ ކިބާކަން ތިޔަ ކިޔުންތެރިންނަށް ގެނެސްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
އެގޮތުން މި ލިޔުމުގައި އަޅުގަނޑު މިބަލާލަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މުއްސަނދި ނުވަތަ ރައުސުލްމާލު ބޮޑު ފަސް ކުޅުންތެރިންނަށެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ


ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ފަސް ފަހަރަކު ލިބިފައިވާ ރޮނާލްޑޯ ހިމެނެނީ މި ލިސްޓްގެ އެއްވަނައިގައެވެ. އެގޮތުން ޕޯރޗްގަލްގެ މި ކުޅުންތެރިޔާގެ މިލްކިއްޔާތުގައި އެއްބިލިއަން ޑޮލަރު އެބަހުއްޓެވެ.
ފުޓްބޯޅަ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ފުޓުބޯޅަ ކެރިއަރު އުމުރުން އެންމެ 18 އަހަރުގައި ފެށީ މެންޗަސްޓާ ޔުނައިޓެޑުންނެވެ. ފޯބްސް އިން ހޮވާ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެތްލީޓްގެ ގޮތުގައިވެސް 2016 އަދި 2017 ގައި ރޮނާޑޯ ހޮވުނެވެ. ރޮނާލްޑޯއަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު ހަމައެކަނި 1 ބިލިއަން ޑޮލަރު ލިބިފައިވާ ފުޓްބޯޅަ ކުޅުންތެރިޔާވެސްމެއެވެ.

ލައޮނަލް މެސީ


މި ލިސްޓެ ދެވަނައިގާ ވަނީ އާޖެންޓީނާގެ ފޯވާރޑް މެސީއެވެ. މެސީގެ މިލްކިއްޔާތުގައި 840 މިލިއަން ޑޮލަރު އެބަހުއްޓެވެ. މެސީއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު 7 ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.
މެސީއަކީ ސައުތު އެމެރިކާ ބައްރުގެ އެންމެ ގިނަ އިންޓަނޭޝަލް ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަ އެތްލީޓެވެ.
މެސީ ވަނީ މިހާތަނަށް 750 ގޯލް ޖަހާފައެވެ.

ޑޭވިޑް ބެކަމް


ލިސްޓްގެ ތިންވަނައިގާ ހިމެނެނީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބެކަމްއެވެ.
އެގޮތުން ބެކަމްގެ މިލްކިއްޔާތުގައި 450 މިލިއަން ޑޮލަރު އެބަހުއްޓެވެ. ބެކަމް އަކީ އެދުވަސްވަރު ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރެވެ. މިހާރު ބެކަމް އަކީ އިންޓަރ މިއާމީ ސީއެފްގެ އޯނަރ އަދި ސެލްފޯޑް ސިޓީގެ ކޯ އޯނާވެސް މެއެވެ.

ނޭމާ ޖޭއާރު


ދުނިޔޭގެ އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓްގެ ހަތަރު ވަނައިގަ ހިމެނެނީ ބްރެޒިލްގެ ފޯވާރޑް ނޭމާއެވެ. ނޭމާގެ މިލްކިއްޔާތުގައި 200 މިލިއަން ޑޮލަރު އެބަހުއްޓެވެ. ނޭމާ ވަނީ ތިން ކްލަބަކަށް ޖުމުލަ ސަތޭކަ ގޯލް ޖަހާފައެވެ. މިއީ ފުޓުބޯޅައިގެ ތާރީހުގައި މަދު ކުޅުންތެރިއަކަށް ހާސިލްވެފައިވާ ލަނޑުދަނޑިއެކެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓްގައި 2018 ވަނަ އަހަރު ނޭމާ ހިމެނުނެވެ. އަދި އެންމެ ބޮޑު މުސާރައެއް ތިންވަނަ އަށް ލިބޭ ކުޅުންތެރިޔާގެ މަގާމު 2020 ވަނަ އަހަރު ނޭމާ އަށް ލިބިފައިވެއެވެ.

ޒެލެޓަން އިބްރަހިމްވިޗް


ސްވިޑުންގެ މި ކުޅުންތެރިޔާ ހިމެނެނީ އެންމެ މުއްސަނދި ފުޓްބޯޅަކުޅުންތެރިންގެ ލިސްޓްގެ ފަސް ވަނައިގައެވެ. އިބްރަހިމްބިޗްގެ މިލްކިއްޔާތުގައި 190 މިލިއަން ޑޮލަރު އެބަހުއްޓެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ