- Advertisement -ad image

މަރު ކާޑު، އެމްޑީޕީގެ އިންތިހާބުތަކުގެ ބައިވެރިޔާ!

ad image

ގުޅުންހުރި ލިޔުންތައް

އިންސާފުގެ ވާހަކައަކީ ވެރިކަމަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެމްޑީޕީ ކޯލިޝަން ސަރުކާރުން 2018ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެންމެ ބާރަށް ދެއްކި ވާހަކައެވެ.

އެގޮތުން ވީނުވީ ނޭނގި ގެއްލުނު މީހުންނާ ރަހުމު ކުޑަކޮށް މަރާލާފައިވާ މީހުންނާ އަދިވެސް އެނޫން މަރުތަކަށް އިންސާފު ހޯދައިދޭނެކަމުގެ ވައުދު ރިޔާސީ އިންތިހާބުގެ ތެރޭގައި ގުޅިފައިވާ ކޯލީޝަންގެ ރިޔާސީ ކެންޑިޑޭޓު ޅ. ހިންވަރު ނުރާނީއާގޭ އިބްރާހިމު މުހައްމަދު ސޯލިހު އޭރު ވެވަޑައިގެންނެވިއެވެ. އަދި އިންތިހާބާއެކު ވެރިކަމުގެ ހުވާ ކުރައްވަން ދައުލަތުގެ ބަޖެޓާ ނުބައްދަލު ހަފްލާއެއް ބާއްވާ ކުރި ދޮގު ހުވާގެ ތެރެއިންވެސް އެ ވާހަކަ ތަކުރާރު ކުރެއްވިއެވެ.

އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހަގީގަތް ހޯދާ އާއިލާއަށް އެކަން އަންގާނެ ކަމަށް ވިދާޅުވީ ވެރިކަމުގެ ފުރތަމަ 24 ގަޑިއިރުގެ ތެރޭގައެވެ. ނަމަވެސް އެކަމަށް އުއްމީދުކޮށްގެން ތިބި ރިލްވާންގެ އާއިލާއިގެ އެ ހުވަފެން ބިލާހަކަށް ވެފައި އޮންނަތާ 4 އަހަރުވީއެވެ. ހިލަމެއްވެސް ނުވެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފެނިގެން ދިޔައީ އެމަރުގެ ކަންކަން ބަލަން ހަވާލުކުރި ކޮމިޝަންގެ ރާގު ބަދަލުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި އެކަން އެޅުވި މަންޒަރެވެ.

2018ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ދެން އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީދު އަފްރާޝީމް އަލީ ގަތުލުގެ ވާހަކައެވެ. ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ދީނީ އިލުމްވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަފްރާޝިމް އަލީގެ މަރުގެ ހަޤީގަތް ހާމަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުވެސް އިންތިޚާބުގެ ދުވަސްވަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ބޭފުޅުންގެ ބަސްމަގު ވަނީ ބަދަލުވެފަ. މިހާރު ބުނަމުންދަނީ އެ ހާދިސާތަކުގެ ހަޤީގަތް ހޯދާނީ އެކުލަވާލި ކޮމިޝަނުން ކަމަށެވެ.

އަދުގެ ހޯމް މިނސިްޓަރު އިމްރާން އަބދުﷲ ވެސް ގަނޑު ބަނޑެއްޔެއް އަތަށް ލައްވައިގެން ހުންނަވާ މޭޑޭގެ މުޒާހަރާގައި 2015 ވަނަ އަހަރު ނިކަން ހަރު އަޑުފުޅުން ޑރ. އަފްރާޝިމް އަލީގެ މަރުގެ ފަހަތުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވިއެވެ.

ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް އެމްޑީޕީއިން މަރުތަކުގެ ވާހަކަ ތިލަކޮށް މި ކުރަން އުޅޭ ކަމަކީ ވަރަށްވެސް ހުތުރު ޑިމޮކްރެސީއާ ބީރައްޓެހި ކަމެކޭ ބުނެވިދާނެއެވެ.

ޑިމޮކްރެސީގެ ޗެމްޕިއަނުންގެ މެޑަލް ޖަހައިގެން ތިބެ އެމްޑީޕީއިން ދައްކަމުންދަނީ ޑިމޮކްރެސީގެ އަސާސްއާ ހިލާފު ރޫހެކެވެ. އަދި ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް އާއިލާތަކުގެ އިހްސާސުތަކާ ކުޅެލާ ވޯޓުން ވައްކަން ކުރަން މި ބޭނުންކުރަނީ މަރު ކުޅިއެވެ.

ނުވަތަ ކުޅެމުންދަނީ މަރު ކާޑެވެ. ކަމަކު ނުދެއެވެ. އެއް ގޮތަކަށް ވެސް ކަމަކު ނުދެއެވެ. ސިޔާސީ މައިދާނުގައި ފައިހަމަ ކޮށްލަން ވާދަވެރިޔާއާ ދެކޮޅަށް މަރުކާޑު ކުޅުމަކީ ސިޔާސީ ގޮތުން ވަރުގަދަ ޝަހްސިއްޔަތުން ކުރާނެވަރުގެ ކަމެއް ނޫނެވެ. ސިޔާސީ ވާދަވެރިޔާ މިނިވަންކޮށް ބަހައްޓައިގެން އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަކީ ޑިމޮކްރެސީގެ އެންމެ ސަޅި ގޮތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ