- Advertisement -ad image

ނީނާ: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އުހުގައި، ދައްކަމުންދަނީ އަންހެނުންނަށް ވާނެކަން!

ad image

ގުޅުންހުރި ލިޔުންތައް

ނީނާ މުހައްމަދު (ނީން)އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އައު ނަމަކަށް ނުވާނެ އެވެ. މީގެ 12 އަހަރު ކުރިން ފަތުރުވެރިކަމުގެ ދާއިރާއަށް ނީން އެޅި ފުރަތަމަ ފިޔަވަޅާއެކު ފަހަތަށް ބެލުމެއް ނެތި ނީން ދިޔައީ ކުރިއަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ނީން ހުރީ ދުނިޔޭގެ އެންމެ މަޝްހޫރު ހޮޓެލް ޗެއިން ކަމަށްވާ ޝަންގްރިއްލާގެ އޮމާންގެ މަސްކަޓްގައި ހުންނަ ޝަންގްރިއްލާ ބާރ އަލް ޖައްސާގެ މާރކެޓިން އަދި ކޮމިއުނިކޭޝަންސް މެނޭޖަރގެ މަޤާމުގަ އެވެ.

މިހާރު ވަޒީފާގެ އިތުރުން މަންމައެއްގެ ރޯލުވެސް އަދާކުރަމުން އަންނަ ނީންގެ ކެރިއާރ އެންމެ ފުރަތަމަ ފަށާފައިވަނީ ވިލާ ގްރޫޕުންނެވެ. 2010 ވަނަ އަހަރު ވިލާ ގްރޫޕްއިން ފެށި ވަޒީފާގައި ނީން ވަނީ 8 އަހަރު ހޭދަކޮށްފަ އެވެ. ވިލާ ގްރޫޕްގެ މާރކެޓިން ޑިޕާރޓްމަންޓްގެ މި ވަޒީފާއަށް ނީން ކުރިމަތިލާފައިވަނީ ކުއަލަމްޕޫރު އަދި ލަންކާއިން ބެޗްލާރސް އިން އިންޓީރިއާ ޑިޒައިން އަދި މާރކެޓިންއިން ތައުލީމު ހާސިލްކުރުމަށް ފަހުގަ އެވެ.

އޭގެފަހުން ވިލާ ގްރޫޕްގައި އުޅެގެން ލިބުނު އިލްމާއި ތަޖުރިބާގެ އެހީގައި 2015 ވަނަ އަހަރު ނީން ވަނީ މާލޭގައި މިހާރު ހުރި އެންމެ ބޮޑު އެއް ހޮޓެލް ކަމަށްވާ ހޮޓެލް ޖެން އާއި ގުޅިފަ އެވެ. ހޮޓެލް ޖެންގައި ވެސް ނީންގެ މައިގަނޑު ދައުރަކަށްވީ މާރކެޓިން، ކޮމިއުނިކޭޝަން އަދި ޕަބްލިކް ރިލޭޝަން ބެލެހެއްޓުމެވެ. އޭގެ ފަހުގައި ޝަންގްރިއްލާގެ ފަރާތުން ހާރވާޑް ޓްރެއިނިން ހެދުމަށްފަހު ނީން މެނޭޖްމަންޓް މަޤާމްތަކުގެ ގިނަ ކޯސްތަކެއް ހަދައި ތައުލީމް ހާސިލްކޮށްފަ އެވެ. އޭހެ ފަހުން ޝަންގްރިއްލާގެ ފަރާތުން ސިންގަޕޫރުގައި ވެސް ނީން ވަނީ ވަޒީފާ އަދާކޮށްފަ އެވެ.
ނީން މިހާރު އަންނަނީ އޮމާންއަށް ދިރިއުޅުން ބަދަލުކޮށް ކުޑަކުޑަ އާއިލާއާއެކު ދިރިއުޅެމުންނެވެ. ރާއްޖެއާއި މުޅިން ތަފާތު މާހައުލެއްގައި ތިން އަހަރުގެ ދަރިފުޅު ގޮވައިގެން ގޮސް މަސައްކަތް ކުރަން ޖެހުމަކީ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާކަމެއް ކަމަށް ނީން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް ހިތްވަރާއެކު މި ހުރިހާ ކަމަކާއި ވެސް ކުރިމަތިލާ އާއިލާއަށް ވީހާވެސް ބޮޑަށް ވަގުތު ދިނުމަށް ނީން އަބަދުވެސް އިސްކަމެއް ދެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަކީ އަބަދުވެސް އަންހެނުންނަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާ ދާއިރާއެއްކަން ފާހަގަކޮށް ނީންވަނީ މިހެން ދިމާވަނީ ގިނަ ފަހަރަށް ި ދާއިރާގައި އުޅޭ މަދު ބައެއްގެ އަމަލުތައް ހުންނަ ގޮތުންކަމަށް ބުނެފަ އެވެ. އަދި ވަޒީފާގެ މާހައުލުން އަންހެން ފިރިހެން ތަފާތުކުރުން އަދިވެސް އޮންނަކަން ވެސް ނީން ފާހަގަކޮށްފައި ވެއެވެ.

“ޝަންގްރިއްލާގައިވެސް ވަރަށް އަންހެން ކުދިން މަދުވާނެ. މަޤާމުތަކަށް ކުރިމަތިލާ އަންހެން ކުދިންވެސް ވަރަށް މަދު. އެކަމަކު އަންހެނުން ބާރުވެރިކުރަން ފެށި ފަހުން ކުރިއަށްވުރެ ރަނގަޅު”.

ނީން ދެކޭގޮތުގައި އޭނާގެ ކެރިއަރ އަދިވެސް އޮތީ ކުރިއަށެވެ. މި ދާއިރާއިން ދެވެން އޮތް މައްޗަކަށް ދިއުމަށް ނީން އުއްމީދު ކުރެއެވެ. ހަމައެހެންމެ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ވެސް ނީން ދޭން ބޭނުންވާ މެސެޖަކީ މެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ