- Advertisement -ad image

އޭ ޓެކްސް ބޮޑުކުރި ރައީސެވެ! ތިޔަ ގޮވެނީ ގުދޯ ގުދޯ ނޫންތޯއެވެ.

ad image

ގުޅުންހުރި ލިޔުންތައް


އަޖައިބެކެވެ. އިންތިހާބެއް ބޯމަތިވެގެން އެކަކު އަނެކަކަށް ޒާތީވެ ނުގޮވާ އެއްޗެއް ނެތެވެ. އަންތަރީސް ވެއްޖެއެވެ. އެއްކޮޅުގައި ހުންނެވީ ރައްޔިތުން ލޯބިން ވޯޓުދީގެން ހޮވުމުން އެކަން ބޮލާލާ ޖަހާ ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވި ކުރީގެ ރައީސެކެވެ.
ދެން ހުންނެވީ ގުނަމުން މިދާ ފަސް އަހަރުގެ ރައީސެވެ. މި ދައުރުގެ ވާހަކަ ދެއްކޭނީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ރައްޔިތުން ބިކަކުރި ބަނޑަށް ޖެއްސި ދައުރުގެ ގޮތުގައެވެ.
ޓެކްސް ބޮޑުކޮށް ތަކެތީގެ އަގު ބޮޑު ކުރި ރައީސެވެ. ދަންނަވަންތޯއެވެ. އަޅުގަނޑުމެން ދެން ބުނަން ބޭނުމީ ހޯހޯއެވެ. އިތުރު ދައުރެއް މަނިކުފާނަށް ދީފިނަމަ ރައްޔިތުން ވާނެ ނިކަމެތި އަންދާޒާވެސް ނުކުރެވެއެވެ.
ޕާޓީގެ ޕްރައިމަރީ ބޯމަތިވުމުން ތިޔަވަރަށް މީހުނާ ޒާތީ ވާކަށް ނުވާނެ ނޫންތޯއެވެ. ކިޔުނު އެއްޗެއް ގޮވުނު ބަންޖެއް ތިޔަ ގޮވަނީ ވެރިކަމުގެ ޝާނާ ޝައުކަތު ގެއްލެން ނޭދޭތީ ނޫންތޯއެވެ. ދެންވެސް ތިވިދާޅުވަނީ ތިންވަނަ ދައުރެއް ތިމަންނާ ބޭނުމެއް ނެތޭތޯއެވެ. އެހެންވީމާ ދެން ކީއްކުރާ ދެވަނަ ދައުރެއްތޯއެވެ.
ދެން ހުންނެވީ އިސްތިއުފާ ދެއްވި ރައީސެވެ. ދަންނަވަންތޯއެވެ. ރައްޔިތުންނަށް މިހާލު ޖައްސަން އިބްރާހިމް މުހައްމަދު ސާލިހު ގެންނަވާ ރިޔާސީ ކެންޑިޑޭޓަކަށް ހެއްދެވީ ތިޔަ މަނިކުފާނު ނޫންތޯއެވެ. ދެން މިހާރު ތިޔަ ވިދާޅުވަނީ ހަތަރު އަހަރުވީއިރު މިވެރިކަމުން ރާއްޖެއަށް ގެނެވުނު ތަރައްގީއަށް ނުފެންނަ ކަމަށެވެ. “ މަޝްރޫއުތައް ލަސް ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރުއްސުމަށްޓަކައި އެބޭފުޅުންގެ ބައިވެރިވުން އޮތް ކުންފުނިތަކަށް ކޮންޓުރެކްޓް ދޭތީ. އެމަސައްކަތްތައް ނުނިމުމުން އެކޮންޓްރެކްޓެއް އުވައި ނުލެވެނީ އެެހެންވެ “. ނަޝީދު ވިދާޅުވެފައިވެއެވެ.
ދެ ރައީސުންގެ ތަޅާފޮޅުމުގެ މެދުގައި ތިބީ ރައްޔިތުންނެވެ. އަނެއްކާވެސް ހުސްވައުދުތައްވެ ރައްޔިތުންގެ ބޮލަށް ޗިޕުޖެހޭތޯ ތެޅިފޮޅެނީއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ދެން ފަސް އަހަރަށް ކޮންމެވެސް މީހަކު ހޮވަން އެބަޖެހޭނު، އެހެންވީމަ ޕީޕީއެމް އެމްޑީޕީ ނޫންގޮތެއް ރައްޔިތުން ހޯދަން އެބަޖެހޭ ނޫންބާ!

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ