- Advertisement -ad image

ސީލައިފް ބެންގކޮކް އޯޝަން ވޯރލްޑް: ކަނޑުއަޑީގެ ދިރުންތައް ބަލާލަންދާން ކޫލްތަނެއް!

ad image

ގުޅުންހުރި ލިޔުންތައް

ސީލައިފް އޯޝަން ވޯލްޑް ބެންކޮކަކީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ބޮޑު އަކުއޭރިއަމްއެކެވެ.
މިއީ ސައުތު އީސްޓް އޭޝިއާގައި ހުންނަ ކަނޑުއަޑީގެ މިފަދަ ދިރުންތައް ފެންނާނޭ އެންމެ ބޮޑު އެއް ތަނެވެ. ގާތްގަނޑަކަށް 10,000 އަކަމީޓަރުގެ މި ތަނުގެ ބޮޑުމިނުގައި 5،000،000 ލީޓަރު ނުވަތަ 1،300،000 ޔޫއެސް ގަލް ހުރެއެވެ.

މި އަކުއޭރިއަމްގައި އެތައް ސަތޭކަ ވައްތަރެއްގެ ކަނޑުއަޑީގެ ދިރުން ދައްކާލަން ބަހައްޓާފައިވެއެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު މި އަކުއޭރިއަމް ހުޅުވާފައިވަނީ 9 ޑިސެމްބަރު 2005 ގައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ދިހައެއް ޖަހާއިރު މިތަން އާއްމުންނަށް ހުޅުވާލައެވެ. އަދި ރޭގަނޑު އަށެއް ޖަހާއިރު މިތަން ބަންދުކުރާނެއެވެ.
ކުޑަކުދިންނާ ރައްޓެހި ކުދިން ޝައުގުވެރިވާ ގޮތަށް ހަދާފައިވާ މި އަކުއޭރިއަމްގައި ގިނަ ދުވަސްތަކެއްވެފައިވާ ބޮޑެތި މިޔަރު މަޑި އަދި މަސްހުރެއެވެ.

ސީލައިފް ބެންކޮކް އޯޝަން ވޯލްޑުން ބުނެފައިވަނީ އެމީހުންގެ އަމާޒަކީ ޒިޔާރަތްކުރާ ފަރާތްތަކަށް މުނިފޫހިފިލުވުމާއެކު ތަފާތު ދިރޭތަކެއްޗާއިގުޅޭ ބޭނުންތެރި މައުލޫމާތުވެސް ފޯރުކޮށްދިނުމެވެ.
އެގޮތުން ރަސްމީ ތައުލީމީ ޕްރޮގްރާމްތަކުގެ ތެރެއިން އަކުއޭރިއަމްގެ އަމާޒަކީ ތައިލެންޑްގެ ރަސްމީ މަންހަޖާ އެއްގޮތަށް ފެނުގެ މާހައުލުގެ އަގުވަޒަން ކުރުމާ ވިސްނުން ކުރިއެރުވުމެވެ.

މިތަނުގައި ޑުއަލް ޕްރައިސިންގ ޕްރެކްޓިސް ކުރާއިރު ތައިލެންޑް ރައްޔިތުންނާ ތައިލެންޑްގައި ދިރިއުޅޭ މަސައްކަތްތެރިން ދައްކަންޖެހެނީ ޓުއަރިސްޓުން ދައްކާ އަގުގެ ދެބައިކުޅައެއްބައެވެ.


މި އަކުއޭރިއަމް އިން ފެން ޖަނަވާރުތަކުގެ ތެރޭގައި ޖަޕާނުގެ ސްޕައިޑަރ ކްރެބްސް، ޖަޔަންޓް ޕެސިފިކް އޮކްޓޮޕަސް، މިޔަރ ރޭސް، އެފްރިކަން ޕެންގް ވިންސް، ސްޓާފިޝް، ސީހޯސް، ފްރޮގްސް އަދި ޖެލީ ގިޝް ވެސް ހިމެނެއެވެ.

މިޔަރާއެކު ފީނާލުމުގެ އިތުރުން ބޯޓު ރައިޑިންގެ ތަޖުރިބާވެސް މިއަކުއޭރިއަމްއިން ކުރެވޭނެއެވެ. ކުދިން ގޮވައިގެން ޗުއްޓީއަށް ގޮސްފިނަމަ ދާން ޖެހޭ ތަންތަނުގެ ލިސްޓްގައި މިތަންވެސް ހިމަނާލައްޗެވެ. ކުދިން އެންޖޯއީ ކުރާނެކަން ޔަގީނެވެ. ހަމަލޮލަށް ނުފެންނަ އެތައް ދިރޭއެއްޗެއް ބަލާލުމުގެ ފުރުސަތު މި ހިތްގައިމު އަކުއޭރިއަމްއިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ