- Advertisement -ad image

ޑައިނަސޯއަށް ފޯރި ހުންނަ ކުދިންގެ ބުއްދި ރަނގަޅު: ދިރާސާ

ad image

ގުޅުންހުރި ލިޔުންތައް

މިއީ މެޓް ގިލިގަން އިނގިރޭސިން ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
އަހަރެންގެ ރައްޓެހިންނާއި އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ތެރެއިން ވަރަށް ގިނަ ކުދިން ޑައިނަސޯތަކަށް މުޅިން އޯބްސެސްޑް ވެފައިވާކަން އަހަންނަށް ފާހަގަ ކުރެވެއެވެ.

މިކުދިން ޑައިނަސޯ ގަމީސް ލައިގެން، ޑައިނަސޯ ފޮތްތައް ކިޔައި، ކޮންމެ ދުވަހަކު ޑައިނަސޯ ކުޅޭ އެއްޗެހިތަކާ ކުޅެ އެވެ.
ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުން ޑައިނަސޯތަކަށް އޯބްސެސްޑް ކުދިންނަކީ އެކަން ނުކުރާ ކުދިންނަށް ވުރެ ސްމާޓް ކުދިންނެވެ.

ސައިކޮލޮޖީގެ ދުނިޔޭގައި މި ހާދިސާއަށް ކިޔަނީ “އިންޓެންސް އިންޓަރެސްޓްސް” އެވެ.
ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކުދިންގެ ދިރިއުޅުމަށް ޝައުގުވެރިކަން ބޮޑު ނަމަވެސް ގިނަ މީހުންނަށް އާންމުކޮށް މި އޯބްސެޝަން ފިލައިގެން ދަނީ އުމުރުން ހަ އަހަރު ވުމަށް ފަހުއެވެ.

ޔުނިވާސިޓީ އޮފް އިންޑިއާނާ އާއި ޔުނިވާސިޓީ އޮފް ވިސްކޮންސިންގެ ދިރާސާއަކުން ދައްކާ ގޮތުގައި ބޮޑު ޝައުގުވެރިކަމަކީ “މައުލޫމާތު ޕްރޮސެސްކުރުމުގެ ގޮތުގައި ކެތްތެރިކަން އިތުރުކޮށް، ސަމާލުކަން އިތުރުކޮށް، ކޮމްޕްލެކްސް ވިސްނުމުގެ ހުނަރު އިތުރުކޮށްދޭނެ” ކަމެކެވެ.

އަދި އިންޓެންސް އިންޓަރެސްޓްތަކަކީ ބަހުގެ ހުނަރު ރަނގަޅުކޮށްދޭ އަދި މަތީ ވިސްނުމެއްގެ ރަނގަޅު ނިޝާނެއް ކަމަށް ވެސް ވަނީ ދައްކާފައެވެ. އަދި ކުޑަކުދިން ޑައިނަސޯތައް ދިރާސާކުރާ ގޮތުގެ ސަބަބުން މުޅި އުމުރުގައި މައްސަލަތަކާ ކުރިމަތިލުމަށް ސްޓްރެޓެޖީތައް އެކުލަވާލުމަށް އެހީތެރިވެދޭކަން ވެސް ވަނީ ދައްކާފައެވެ.

ޑައިނަސޯތަކަށް ކުޑަކުދިންގެ ބޮޑު ޝައުގުވެރިކަމެއް އުފެދެނީ އުމުރުގެ ފުރަތަމަ އަހަރުގައި މައިންބަފައިންގެ ހިތްވަރެއް ނުލިބިގެން ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ކުރިންވެސް ދެންނެވި ފަދައިން މި އޯބްސެޝަންތަކުގެ ތެރެއިން ގިނަ އޯބްސެޝަންތައް ފާސްވެ، ސްކޫލަށް ވަންނައިރު އަދިވެސް އެކަމުގެ ޝައުގުވެރިކަން ހުންނަނީ އެންމެ %20 ކުދިންނެވެ.

ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކުދިން ސްކޫލް ފެށުމުން އާ ކަންތައްތަކެއް ދަސްކުރުމަށް ވަގުތު ހޭދަކުރަން ޖެހުމުން ޝައުގުވެރިކަން ހުންނަ ކަންތައްތައް ހޯދުމަށް ލިބޭ ހުސްވަގުތު ގެއްލިގެންދެއެވެ.
ދަރިފުޅު ބޮޑުވަމުން އަންނައިރުގެ ޝައުގުވެރިކަން ދިރުވައި ބެހެއްޓުމަށްޓަކައި، މައިންބަފައިން ކުދިންނަށް “ޕްރިޓެންޑް އެޑްވެންޗާސް” ދިނުމާ ޚިލާފަށް އެ މައުޟޫއާ ބެހޭ ހަގީގަތްތައް ދަސްކޮށްދިނުމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާދެއެވެ.

އެ ކުދިން ސްކޫލް ފެށުމަށްފަހު އަމިއްލައަށް ކިޔަވަމުންދާކަން ޔަގީންކޮށް، ހަނދާން ކުރާށެވެ. ދަރިފުޅު ޓީ-ރެކްސް އަށް އޯބްސެސްޑް ވެއްޖެނަމަ އެއީ ރަނގަޅު ކަމެއް!

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ