- Advertisement -ad image

ސިވިލް ސާވިސް މުވައްޒަފުންގެ ސަލާމްގެ ޗުއްޓީއަށް އައީ ކޮން ބަދަލެއް؟

ad image

ގުޅުންހުރި ލިޔުންތައް


ލިޔުނީ: އަލްއުސްތާޛު ޢުބައިދުﷲ ޝަރީފް

ދިވެހިރާއްޖޭގައި ވަޒީފާއާގުޅޭ އަސާސީ އުސޫލުތަކާއި ހަމަތައް ބަޔާންކުރަނީ ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައެވެ. މި ޤާނޫނުގައި ސަލާމް ޗުއްޓީގެ ވާހަކަ ބަޔާންކުރަނީ މި ޤާނޫނުގެ 42 ވަނަ މާއްދާގައެވެ. މި ޤާނޫނަށް މިހާރު 7 އިސްލާހެއް ގެނެސްފައިވާއިރު، ކުރިން ޢަމަލުކުރަމުންދިޔަ ސަލާމް ޗުއްޓީގެ އުސޫލު އިސްލާހުކޮށްފައިވަނީ ޤާނޫނު ނަންބަރު:2020/22 (ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއިންނެވެ.
މިހެންކަމުން މިހާރު ސަލާމް ޗުއްޓީ ދިނުމުގައި ޢަމަލުކުރުމަށް ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކުރާ އުސޫލުތަކަށް ބަލާލާނަމަވެ.
މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މި މާއްދާގައި މިހެން ބަޔާންކޮށްފައިވީނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 (ތިރީސް) ދުވަހުގެ ތެރެއިން 15 (ފަނަރަ) ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
ޤާނޫނު ނަންބަރު:2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ސަލާމް ޗުއްޓީގެ އުސޫލުތައް، އިސްވެ ދެންނެވުނު ފަދައިން އިސްލާހުވެގެން ދިޔުމާއެކު، ސިވިލް ސާވިސް ގަވާއިދު 2014 ގައި ބަޔާންކޮށްފައިވާ ސަލާމް ޗުއްޓީގެ އުސޫލުތައްވެސް ވަނީ އިސްލާހުކޮށްފައެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ސަލާމް ޗުއްޓީއަށް ބަދަލު ގެނެވުނުކަން ސިވިލް ސާވިސް ކޮމިޝަންގެ ނަންބަރު:188-ER/CIR/2021/3 (03 ޖަނަވަރީ 2021) ސަރކިއުލަރ ނޯޓުގައި ބަޔާންކުރައްވާފައިވެއެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ސަލާމް ޗުއްޓީގެ އުސޫލުތައް ބަޔާންކޮށްފައިވަނީ “ސިވިލް ސާވިސް ގަވާއިދު 2014” ގެ 188 ވަނަ މާއްދާއިން 190 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގައެވެ.
ސިވިލް ސާވިސް ގަވާއިދު 2014 ގެ 188 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ސަލާމް ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންކަމަށެވެ. މިގޮތުން މިގަވާއިދުގެ 190 ވަނަ މާއްދާގެ (ހ ގެ 3،2،1) އަދި (ނ) ގައި ސަލާމް ޗުއްޓީ ނެގޭނެގޮތް ބަޔާންކޮށްފައިވެއެވެ. މިގޮތުން މުވައްޒަފު މަސައްކަތްކުރާ ކޮންމެ އަހަރަކަށް، އަހަރު ދުވަހުގެ ތެރޭގައި 15 (ފަނަރަ) ދުވަސް މެޑިކަލް ސެޓުފިކެޓް ހުށަހެޅުމަކާނުލައި ސަލާމުގެ ޗުއްޓީ ނެގިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެންމެ މި 15 (ފަނަރަ) ދުވަސް، ވަކިވަކިން ނުވަތަ ވިދިވިދިގެން 2 (ދޭއް) ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް، މެޑިކަލް ސެޓުފިކެޓް ހުށަހެޅުމަކާ ނުލައި، ސަލާމު ޗުއްޓީގެ ގޮތުގައި ނެގިދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ކަންމިހެން އޮތްނަމަވެސް ވިދިވިދިގެން ސަލާމުގެ ޗުއްޓީގައި ހުންނަ މަސައްކަތު 2 (ދޭއް) ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް، އެ މުވައްޒަފަކު އޮފީހަށް ނުކުންނަ ފުރަތަމަ ދުވަހު މެޑިކަލް ސެޓުފިކެޓް ހުށަހަޅަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެންމެ މުވައްޒަފު ސެޓްފިކެޓް ހުށައަޅަން ނުޖެހޭ ގޮތަށް ސަލާމު ޗުއްޓީގައި ހުރުމަށްފަހު، އޮފީހަށް ނުކުންނަ ދުވަހު ރަސްމީ މަސައްކަތު ވަގުތު ނިމުމުގެ ކުރިން، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް “ސަލާމުގެ/އާއިލީ ޒިއްމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު” ހުށައަޅަން ޖެހެއެވެ. އަދި މި ފޯމުގެ ބަދަލުގައި ސަލާމުގެ ސެޓްފިކެޓްވެސް ހުށައެޅި ދާނެކަމަށް ބަޔާންކޮށްފައެވެ.
އިސްވެދެންނެވުނު އުސޫލުތަކަށް ބަލާއިރު، ސިވިލް ސާވިސް މުވައްޒަފުންގެ ސަލާމްގެ ޗުއްޓީއަށް އައި ބަދަލަށް ބަލާލަމާ ހިނގާށެވެ. ސަލާމްގެ ޗުއްޓީ ލިބިގެންދަނީ 30 ދުވަހަށެވެ. މިގޮތުން މި 30 ދުވަހުގެ ތެރެއިން “ސަލާމްގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމް” ހުށަހަޅާ ގޮތަށް ސަލާމްގެ ޗުއްޓީ ނެގެނީ 15 ދުވަހުއެވެ. އަދި “މެޑިކަލް ސެޓްފިކެޓް” ހުށަހަޅާގޮތަށް ސަލާމްގެ ޗުއްޓީ ނެގެނީ 15 ދުވަހުއެވެ. މިހެންކަމުން މެޑިކަލް ސެޓްފިކެޓް ހުށަނާޅާނަމަ ސަލާމްގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމް ހުށަހަޅަންޖެހޭކަމެވެ. ސަލާމްގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމް ހުށަހަޅައިފިނަމަ ސަލާމްގެ ޗުއްޓީން އުނިވާނީ “ސަލާމްގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމް” ހުށަހަޅާގޮތަށް އޮންނަ 15 ދުވަހުންނެވެ. މެޑިކަލް ސެޓްފިކެޓް ހުށަހަޅައިފިނަމަ ސަލާމްގެ ޗުއްޓީން އުނިވާނީ “މެޑިކަލް ސެޓްފިކެޓް” ހުށަހަޅާގޮތަށް އޮންނަ 15 ދުވަހުންނެވެ.

ގުޅުންހުރި ލިޔުންތައް

6 ޚިޔާލު

  1. ސިވިލް ސާވިސްގެ އެކިއިދާރާތަކުން ގެންގުޅެނީ އެކި އުސޫލު. މިގޮތުން މިނިސްޓްރީ އޮފް ހެލްތަކީ އެކިމުވައްޒަފުންނަށް އެކި ގޮތް ހަދާ އިދާރާއެއް. މިތަނުގެ އެޗްއާރް އަކި ވަރަށް ނާގާބިލް ވަރަށް ހުދމުހުތާރު ގޮތްތަކެއް މުވައްޒަފުންނާއި ދޭތެރެގެންގުޅޭ ބައެއް. ޙާއްސަކޮށް މިތަނުގައި އިސްކޮށް އުޅޭ މާނިއު ކިޔާ މީހަކާއި، އަރުފާކި މިދެމީހުންނަކީ މުވައްޒަފުންނަށް ފިޔަވަޅުއެޅުމަށް ފެންބޮވައިގެންފއި ތިބޭ ދެމީހުން، މިދެމީހުންގެ ކަންތައް ރަނގަޅަށް ބަލަން އެބަޖެހޭ. ކުރިއަށް މިއޮތްތަނުގައި މިދެމީހުންގެ ކަންކަން ވަރަށްގާތުން ބަލާ މިދެމީހުންނަށް ފިޔަޅު އަޅަންޖެހޭ. މިތަނުގެ ޕީއެސްއަކީވެސް މި ދެމީހުންގެ ޕަޕެޓެއް.

  2. ސަލާމް ޗުއްޓީ ތިހެން ބަޔާންކޮށްފައި އޮތަސް ތަންތަނުގެ ވެރިން މުވައްޒަފަކު ސަލާމް ބުނެފިއްޔާ ހީވާނީ ބޮޑު ފާފައެއް ކޮށްގެން އުޅޭހެން. މީޓިންގ އެއް އޮތިއްޔާ އެވާހަކަ ގޮވާނެ…އާދިއްތަ ބުރާސްފަތި ސަލާމް ބުނެފިއްޔާ އެއީ ދެން އެންމެ ބޮޑުފާފަ.. ވަރިހަމަ ރޯގާ ޖެހި ހުންފެތުރޭ ދުވަސްވަރެއްވިޔަސް ސަލާމް ބުނުން އެއީ ކުށެއް. އަދި ޙާއްސަކޮށް އަންހެން މުވައްޒަފަކު ސަލާމް ބުނެފިއްޔާ ފަރުވާ ކުޑަ، އަބަދު ސަލާމުގައި…

    • ސަލާން ބުނަންވެސް އެކަށީގެންވާ ސަބަބެއް އޮންނަންވާނެ. ތިމާ ކުޅިވަރާއި ނާޗަރަންގީ ކުޅުމަށްޓަކައި ސަލާން ނުބުނެވޭނެ.

  3. ސަލާމްބުނެގެން ކަންބޮޑުވާނަމަ އަހަރު ނިމޭ އުރު ބާކީ 15 ސަލާމް އަށް ވުރެ ގިނަ ވާނަމަ މުސާރާގެ 1/2 ދޭ ޤަވަދު ހަދާބަލަ

  4. ސަލާމް ބުނުމަކީ ހަމަ ތިރީސް ސަލާމް ހާމަކުރުމަށް ވެސް ކަމަކާ ނުލާ ވެސް ނަގާ އެއްޗަކަށް ވޭ. އޭގެ ސަބަބުން އޮފީހަށް ފަރުވާ ބަހައްޓައިގެން ނިކުންނަ މުވައްޒަފުންނަށް ތަކުލީފުތަކާ ދިމާވޭ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ