- Advertisement -ad image

މެޗުން މޮޅުވުމުން ރޮނާލްޑޯ “ސަޖިދަ” ޖަހައިފި، ގިނަ ބަޔަކަށް ހައިރާންކަން!

ad image

ގުޅުންހުރި ލިޔުންތައް


ސައުދީ ޕްރޯ ލީގުގައި އަލް ނަސްރަށް ލަނޑެއް ޖެހުމަށް ފަހު ކުރިސްޓިއާނޯ ރޮނާލްޑޯ “ސަޖިދަ” އެއް ޖަހައިފިއެވެ.
ރޮނާލްޑޯ ސަޖިދަ ޖެހުމުން އެ ޓީމުގެ ކުޅުންތެރިންނަށްވެސް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ.
ސައުދީ ޕްރޯ ލީގުގައި ރޭ ފަހަތުން އަރައި އަލް ޝަބާބްގެ މައްޗަށް އަލް ނަސްރުން ކުރި ހޯދި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ސަޖިދަ ޖަހާފައިވަނީ އުފަލުން ގޮހެވެ.
ފަހަތުން އަރައި ތިން ގޯލު ޖަހައިގެން އަލް ނަސްރުން ރޭ ހެދި ކަމްބެކާ އެކު، އެ ޓީމުގެ ހުރިހާ ކުޅުންތެރިން އެއްކޮށް އުފާފާޅު ކުރަމުން ދިޔައިރު، ރޮނާލްޑޯ ސަޖިދަ ޖަހާފައި ވަނީ އެންމެންގެ ތެރޭގައި ކޮޅަށް ހުރުމަށްފަހު ކުއްލިއަކަށެވެ.


މިވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ރޮނާލްޑޯ މުސްލިމަކަށްވީތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ