ދިއްފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024” ގެ ޓީމުތަކުގެ ގުރުއަތުލުން މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ދިއްފުށީގައި މިފަދަ މުބާރާތެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 9 ޓީމަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވެފައެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެން ޑިވިޝަނުން 3 ޓީމާއި ފިރިހެން ޑިވިޝަނުން 6 ޓީމެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 4 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި އަންހެނުންނާއި ފިރިހެނުންގެ ޑިވިޜަންތައް ހިމެނޭއިރު، ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމާއި، ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިއްފުށީ ކައުންސިލުން އިސްނަގައިގެން ބާއްވާ މި މުބާރާތުގެ ޓްރެވަލް ޕާޓްނަރުންނަކީ މީ އެކްސްޕްރެސް އަލްޓެކް، ސްޓޯންސް ހޮޓެލްސް އަދި ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކީ ސްޕޯޓްސް އެމްޕޯރިއަމް އެމްވީއެވެ. މުބާރާތުގެ ޓްރޮފީ ޕާރޓުނާއަކީ މުޖާ’ސް އާޓް ބޮކްސްއެވެ.
މީގެ އިތުރުން ޕްރިންޓިން އަދި ޓްރޮފީ ޕާރޓްނަރ އަކީ މެޓަލް ސައިން’ސްއެވެ.
މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަ ކެޓްލް، އެސްއައިއައި ހޮޓެލްސް، އީ ޕާޓްސް، އަތިރި ރެސިޑެންސަ’ސް، އަދި ލިކުއިޑް ރަޝް ވޯޓާ ސްޕޯޓްސް އެވެ.
މި މުބާރާތުގެެ އޮންލައިން މީޑިއާ ޕާޓްނަރަކީ ހިރާސް އޮންލައިން އެވެ.