ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގެ ރޭ ކުޅުނު ދެވަނައަށް މެޗުގައި ސްޓެލްކޯ އަތުން ވާނުވާ އެފްޓީ މޮޅުވެއްޖެއެވެ. މި މެޗުގައި ވާނުވާ އެފްޓީ މޮޅުވެފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ވާނުވާ އެފްޓީގެ ޒައިން ޒަފަރެވެ. މި ދެ ގޯލު ޒައިން ޖެހީ ވަރަށް ކައިރި ކައިރީގައެވެ. ވާނުވާ އެފްޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޝިނާޒެވެ. އަދި ހަތަރުވަނަ ގޯލު ވެސް ޖެހީ ޒައިނެވެ. މި މެޗުގައި ޒައިން ވަނީ ތިން ގޯލު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.


ސްޓެލްކޯގެ ފަރާތުން ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ހާފިޒެވެ. މިއީ ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި އޭނާއަށް ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލައިގެން ހޯދި ގޯލެކެވެ. ސްޓެލްކޯގެ ދެވަނަ ގޯލު ޖެހީ ގަބޭއެވެ.
މި މެޗުގައި ވާނުވާ އެފްޓީގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް ޒައިން ޒަފަރުގެ ހެޓްޓްރިކް ވަނީ ޓީމުގެ މޮޅުވުމަށް މަގުފަހިކޮށްދީފައެވެ. އެހެންނަމަވެސް ސްޓެލްކޯގެ ފަރާތުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ.
މި މެޗްގެ މެން އޮފް ދަ މެޗަކަށް ހޮވުނީ ވާނުވާ އެފްޓީގެ ޖާރޒީ ނަމްބަރު 11 ޒައިން ޒަފަރެވެ.

ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގެ މެޗުތައް ކުރިއަށްދާއިރު، މުބާރާތުގައި މިރޭ ވާދަކުރާނީ ގްރޫޕް އޭ އިން ސެވަން ސްޓާރ އަދި އެއިޓް ޓު ނައިން އަދި ގްރޫޕް ބީ އިން ސްޓެލްކޯ އަދި ވާނުވާ ޖޭ އާރް އެވެ.



