ސެވަން ސްޓާރ އިން ރޭ އެއިޓް ޓު ނައިން އާ ދެކޮޅަށް ކުޅުނު މެޗުގައި 5-1 ގެ ނަތީޖާއަކުން މޮޅުވެ، އެ ޓީމުން މުބާރާތުގެ ފެށުން ވަރުގަދަކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ސެވަން ސްޓާރގެ އަހުމަދު ރިޒުވާނެވެ.
ނަމަވެސް، ފުރަތަމަ ހާފުގައި އެއިޓް ޓު ނައިންގެ މުހައްމަދު ރީހާން ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އެއިޓް ޓު ނައިންގެ ހަމައެކަނި ގޯލެވެ.
ދެވަނަ ހާފުގައި ސެވަން ސްޓާރގެ 12 ނަމްބަރު ހަސަން ޝިފާހު ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. ސެވަން ސްޓާރއަށް ފަސްވަނަ ގޯލު ލިބިފައިވަނީ އެއިޓް ޓު ނައިންގެ މުހައްމަދު ކަމާލްގެ ފައިގައި ޖެހި ބައިކޮޅަށް ވަތް ގޯލަކުންނެވެ.
މި މެޗުގެ “މޭން އޮފް ދަ މެޗް” އަކީ ސެވަން ސްޓާރގެ ޝިފާހު އެވެ.
މި މޮޅާއެކު، މިރޭ ސެވަން ސްޓާރ ނުކުންނާނީ ސަތޯރާ އާއި ދެކޮޅަށެވެ. މި މެޗަކީ ދެ ޓީމަށްވެސް މުހިންމު މެޗަކަށް ވާނެއެވެ.





