- Advertisement -ad image

ވޯލްޑް ކަޕް 2022 ބާއްވާ ތާރީހް އަވަސް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުން އެއް ދުވަހަށް އަވަސްކުރަން ނިންމާފައިވާ ކަމަށް ފީފާއިން ހާމަކޮށްފި އެވެ.

ވޯލްޑް ކަޕް 2022 މިއަހަރު ބޭއްވުމަށް ކުރިން ހަމަޖެހިފައިވަނީ 21 ވާ ނޮވެމްބަރުގައި ގަތަރުގަ އެވެ. ނަމަވެސް ތާރީހަށް އަންނަ ބަދަލާއެކު ދެން ވޯލްޑްކަޕް އޮންނާނީ 20 ނޮވެމްބަރުގަ އެވެ. ފީފާއިން މި ބަދަލު ގެންނަން ނިންމީ ފުރަތަމަ ގޭމް ގަތަރުއަށް ދިނުމަށެވެ.

މީގެ ކުރިން ފީފާ ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ސެނެގަލް އާއި ނެދަރލޭންޑްސް އެވެ.ނަމަވެސް ފީފާއިން ތާރީހަށް ގެންނަ މި ބަދަލާއެކު ދެން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގަތަރު އާއި އިކުއޭޑާރ އެވެ.

ފޯފާ ވޯލްޑް ކަޕް ބާއްވާ ތާރީހަށް ބަދަލު ގެންނަ ނިންމާފައި މިވަނީ ފީފާ ކައުންސިލް ބިއުރޯއިން މަޝްވަރާ ކުރުމަށް ފަހުގައެވެ. މި ބިއުރޯގައި ހިމެނެނީ ހަ ކޮންފެޑަރޭޝަންގެ ރައީސުންގެ އިތުރުން ފީފާގެ ރައީސް ގިއަނީ އިންފަންޓީނޯ އެވެ.

މި ބަދަލުގެ ސަބަބުން މެޗުތަކަށް އިތުރު ދަތިތަކެއް ކުރިމައްޗެއް ނުވާނެކަމަށް ފީފާއިން ބުނެއެވެ. މިއަހަރުގެ ވޯލްޑް ކަޕް ކުޅުމަށް ހަމަޖެހިފައިވަނީ ދޯހާގެ އަލް-ތުމާމާ ސްޓޭޑިއަމްގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ