- Advertisement -ad image

ކްލަބް މޯލްޑިވްސް ކަޕް: މިލިއަނުން ފައިދާވާއިރުވެސް ދިރާގާ އުރީދޫއިން ބައިވެރިނުވާތީ ގިނަ ފާޑުކިޔުންތަކެއް!

ad image

ގުޅުންހުރި ލިޔުންތައް


ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލްގެ މިއަހަރުގެ މުބާރާތް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު ބައެއް ބޮޑެތި އޮފީސްތަކުން މި މުބާރާތުގައި ބައިވެރިނުވާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށާފައެވެ.
ސޯސަލްމީޑިއާގައި އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވަމުން ދަނީ ކޮންމެ އަހަރަކުވެސް މިލިއަނުން ފައިދާ ވަމުން އަންނަ ދިރާގާ އުރީދޫއިން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވާތީއެވެ.
އެގޮތުން ފާޑު ކިޔާ ފަރާތްތަކުން ވަނީ އުރީދޫ އަދި ދިރާގުން މިދިޔަ އަހަރުތަކުގައި މުބާރާތުގައި ބައިވެރި ކުރި ޓީމުތަކުން ރަނގަޅު ކުޅުމެއް ދައްކާފަަވާއިރުވެސް މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ބައިވެރިނުވުމުން ސުވާލު އުފައްދާފައެވެ.
އަދި ހުނަރު ދައްކާލުމަށް ލިބޭ މިފަދަ ފުރުސަތެއްގައި މުވައްޒަފުންނަށް އެ ފުރުސަތު ނުދޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކަނިވެސް ދިރާގަަށް ވަނީ 206 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އުރީދޫ އަކީވެސް ކޮންމެ އަހަރަކު ސާފު ފައިދާގެ ގޮތުގައި އެތައް ރުފިޔާއެއް ލިބެމުން އަންނަ މުވައްޒަފުން ގިނަ ކުންފުންޏެކެވެ.
މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތުންވެސް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. ފުލުހުންގެ ހިދުމަތަކީ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ތިބި މުއައްސަސާއެކެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ބައިވެރިވެފައިވާ ޓީމްތައް މަދު ނަމަވެސް މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ އަށެއްގައެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އޮފީސްތަކާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތެކެވެ.
މި މުބާރާތުގައި ކޮންމެ އަހަރަކުވެސް ގިނަ ޓީމުތަކެއް ބައިވެރިވާއިރު 2021 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި 32 ޓީމެއް ބައިވެރިވެފައިވެއެވެ. މީގެ ތެރެއިން އަންހެނުންގެ ބައިގާ ބައިވެރިވީ އަށް ޓީމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ