- Advertisement -ad image

ލާމަސީލު ލ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އަތޮޅު ތަޢުލީމީ މަރުކަޒާއި އަތޮޅު މަދަރުސާ!

ad image

ގުޅުންހުރި ލިޔުންތައް


ހައްދުންމަތީގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ކުރިޔަށް ގެންދާ 3ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ލ.އަތޮޅު ތަޢުލީމީ މަރުކާއި ލ.އަތޮޅު މަދަރުސާ ދަތުރުކޮށްފިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި އަތޮޅުގެ 11 ސްކޫލަކުން ވާދަކޮށްފައި ވެއެވެ. 5 ޓީމު ހިމެނޭ ގްރޫޕް1ގެ އެއްވަނަ ހޯދީ އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އެ ޓީމު ވަނީ ފުރަތަމަ މެޗްގައި، އިންޓަރ ސްކޫލް ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ހަމަދު ސްކޫލް 2-0 ލަނޑުން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗްގައި، އިންޓަރ ސްކޫލް ދެވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން މާމެންދޫ ސްކޫލް 1-0 ލަނޑުން ބަލިކޮށްފައެވެ. ތަޢުލީމީ މަރުކަޒު ސެމީ ފައިނަލަށް ދަތުރުކުރީ ކުޅުނު 4 މެޗުން މޮޅުވެ، 12 ޕޮއިންޓާއި ފައިދާ 12 ގޯލު ޖަހައިގެންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެ ޓީމު ކުޅުނު މެޗްތަކުގައި ބައިކޮޅަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެއެވެ. ސެމީފައިނަލުގައި ތަޢުލީމީ މަރުކަޒު ބައްދަލުކުރީ، ކުޅުނު 5 މެޗްގެ ތެރެއިން 4 މެޗުން މޮޅުވެ 1 މެޗް އެއްވަރުކޮށްގެން ގްރޫޕް2ގެ ދެވަނަ ލިބުނު މާވަށު ސްކޫލާއެވެ. ސެމީފައިނަލުގައި ތަޢުލީމީ މަރުކަޒުން ކުރި ހޯދީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެގެން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 5-4 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ލ.އަތޮޅު މަދަރުސާ ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް2ގައި އެ ޓީމު ކުޅުނު 5 މެޗްގެ ތެރެއިން 4 މެޗުން މޮޅުވެ 1 މެޗުން އެއްވަރު، ގްރޫޕް2ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސެމީ ފައިނަލުގައި އަތޮޅު މަދަރުސާ ބައްދަލުކުރީ ވޭތުވެ ދިޔަ ދެ މުބާރާތުގެ ފައިނަލުގައި ކުޅެފައިވާ ހަމަދު ސްކޫލާއެވެ. ސެމީފައިނަލް މެޗް އަތޮޅު މަދަރުސާއިން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.
މިއީ ލާމަސީލު ލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު ވެސް ކުޅޭ ފުރަތަމަ ފައިނަލެވެ. އަތޮޅަށް ނިސްބަތްވާ ބޮޑު ދެ ސްކޫލް ވާދަކުރާ ފައިނަލް މެޗް އޮންނާނީ އޮކްޓޯބަރ 16 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:15ގައި ލ.ގަމު ޒޯން ސްޓޭޑިއަމްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ