ގަލޮޅު ރަސްމީ ބޯޅަ ދަނޑު ތަޅާލާފައި އެތަނުގައި އައު ދަނޑެއް އެޅުމުގެ ޕްރޮޖެކްޓް މި އަހަރު ފަހު ކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމުގައި މި ސަރުކާރުގެ ވިސްނުމަކީ ކޮބާތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހްލޫފު ވިދާޅުވީ، އެންމެ ފުރަތަމަ ކަމަކަށް އޮތީ ހުޅުމާލޭގައި އޮތް ޓްރެކް ދަނޑުގައި ކުޅެވޭނެ ގޮތަށް ސެޓް އަޕް ހެދުން ކަމަށާއި އެކަން ކޮށް ނިންމާފައި ފުރަތަމަ ކަމަކަށް ގަލޮޅު ދަނޑު ތަޅާލާނީ ކަމަށެވެ.
އަދި މިއީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް މަހްލޫފު ވިދާޅުވިއެވެ.
‘ އެއާ އެކީގާ ވަރަށް ރަގަނޅު ފެންވަރެއްގައި ގަލޮޅު ދަނޑު ތަރައްގީ ކުރެވިގެންދާނެ ‘ މިނިސްޓަރ ވިދާޅުވިއެވެ.
ހަގީގަތަކީ ދަނޑުގެ ސިޑިބަރިތައް އެންމެ ފަހުންވެސް ބޭނުން ކުރީ ވަރަަށް ބޮޑަށް މަރާމާތު ކޮށްގެން ކަމަށާއި އުވަޔާ އަކިރިން ހަދާފައި ހުރި އެތަން ކޮންމެހެންވެސް ތަޅާލަން ޖެހޭ ކަމަށް ޔޫތު މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓްގެ ތެރެއިން ނެޝަނަލް ބާސްކެޓް ބޯލް އެރީނާ އާއި ވޮލީބޯލް ދެންޓަރާ ނެޝަނަލް ޓޭބަލް ޓެނިސް ސެންޓަރު ހެދިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ
މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެކެވެ.




ގަލޮޅު ދަނޑު ތަޅާލާފަ އެބިމުގައި އެއްމެ ރަގަޅު ވާނީ އިންޑިއާ ސިފައިންނައް ގެތަކެއް އެޅިއްޔާ ކުރިޔައް އޮއިތާގައި ގައުމު ބެލެހެއްޓޭނީ އެހެން ހަދައިގެން ކަމައް ފެނޭ
ހެޔޮނުވާނެ މިމާލެ ތޮއްޖެހުން ކުޑަކޮށްދީބަލަ ތިޔަދަނޑު ހުޅުމާލެ އާއި ގުޅީފަޅުގައި އަޅާބަލަ އަދި ދަނޑު ހުރި ތާނގައި މާލޭގައި ދިރިއުޅޭ ރަތްޔިތުން ބޭނުން ވަނީ ޕާކިން އެއްއަޅަން..