- Advertisement -ad image

ވޯލްޑްކަޕް އިން އީރާން ބޭރުކޮށްލުމަށް ޔުކްރޭނުން ޑިމާންޑްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕްގައި އިންގްލޭންޑް އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އީރާން މުބާރާތުން ބޭރުކޮށްލުމަށް ޔުކްރޭނުން ޑިމާންޑް ކޮށްފި އެވެ.

ޔުކްރޭނުން މިގޮތަށް ޑިމާންޑްކޮށްފައި މިވަނީ ރަޝިޔާ – ޔުކްރޭން ހަނގުރާމައަށް އީރާނުން ޔުކްރޭނަށް ހަމަލާދިނުމަށް ރަޝިޔާއަށް ހަތިޔާރު އެތެރެކުރާކަމުގެ ތުހުމަތަށް ފަހުގައެވެ. މީގެއިތުރުން ޔުކްރޭނުން ވަނީ ފީފާވޯލްޑް ކަޕް ޤަވާއިދުގެ އިންސާނީ ހައްގުތަކާއި ތަފާތު ކުރުމުގެ އާރޓިކަލް 3 އަދި 4 އާއި އެ ޖަމިއްޔާއިން ހިލާފުވެފައި ވާކަމަށް ބުނެވެސް ތުހުމަތު ކޮށްފަ އެވެ.

ފީފާގެ މި ނިންމުމަށް ޔުކްރޭންގެ އިތުރުން އަދި އެހެން ޤައުމުތަކުންވެސް ކަންބޮޑުވެފައިވާކަމަށާއި އެކަން ޤަބޫލުކުރާކަމަށް މިކަމާއި ގުޅިގެން ސްޕޯޓްސް މެއިލްއިން ވަނީ ބުނެފަ އެވެ. އެހެންނަވެސް ފީފާ ވޯލްޑްކަޕްއިން އީރާން ބޭރުކޮށްލުމުގެ ފުރުސަތު ވަރަށް ހަނިކަމަށް އެކި ފަރާތްތަކުން ލަފާކުރެއެވެ.

ވޯލްޑްކަޕްގައި އީރާންގެ ފުރަތަމަ މެޗު އޮތީ ނޮވެމްބަރު 21ގަ އެވެ. މި މެޗުގައި އީރާން އާއި ދެކޮޅަށްކުޅޭނީ އިނގިރޭސިވިލާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ