- Advertisement -ad image

ވޯލްޑްކަޕް ކުޅޭ ޓީމްތައް ގަތަރަށް ދާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އެގޮތުން މިހާތަނަށް ގަތަރަށް ގޮސްފައިވާ ޓީމުތަކުގެ ތެރޭގައި އާރޖެންޓީނާ، ޓިއުނީޝިއާ، ސެނެގާލް، އިރާން، ސައުތުކޮރެއާ އޮސްޓްރޭލިޔާ، މޮރޮކޯ، ބެލްޖިއަމް އަދި ކެނެޑާ ހިމެނެއެވެ.
މީގެއިތުރުންވެސް ބައެއް ޓީމުތައް މިވަގުތު ތިބީ ދަތުރުމަތީގައެވެ. ގަތަރު ވޯލްޑްކަޕް 2022 ފެށޭނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ މުބާރާތް ބާއްވާ ގަތަރާއި އިކުއިޑޯއެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ފޭނުން ދަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ. އެގޮތުން އާރޖެންޓީނާގެ ޓީމު ކޭމްޕް ކުރާ ގަތަރު ޔުނިވަރސިޓީގެ ބޭރުގައި މެސީ އަދި އެޓީމަށް ތާއީދު ކުރާ ގިނަ އަދަދެއް ސަޕޯޓަރުން ޓީމަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެވެ.

މިއަހަރުގެ ވޯލްޑްކަޕްގައިވެސް 32 ޓީމް ވާދަކުރެއެވެ. މިއީ މެދުއިރުމަތީގެ އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް ކަމުން މިހާރުވެސް ވަނީ އިންސާނީ ހައްގުތައް ގެއްލުވާލާތީ ކަމަށް ބުނެ މި މުބާރާތް ބޮއިކޮޓް ކުރަން ބައެއް ގައުމުތަކުން ގޮވަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ