- Advertisement -ad image

މިއީ މެސީ، ރޮނާލްޑޯ، މޮޑްރިކް، ސުއަރޭޒް އަދި ކަރީމް ބެންޒެމާގެ ފަހު ވޯލްޑްކަޕަށް ވެދާނެ!

ad image

ގުޅުންހުރި ލިޔުންތައް

އާދިއްތަ ދުވަހު ފަށާއި ގަތަރު ވޯލްޑް ކަޕް 2022 އަށް މުޅި ދުނިޔެ މިވަނީ ތައްޔާރުވެފައެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ މަޝްހޫރު ގިނަ ތަރިންތަކެއްގެ އެންމެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް ގާތެވެ.
ލައޮނަލް މެސީ:
ނޮވެމްބަރު 20 ވަނަ ދުވަހު ފަށާ ވޯލްކަޕް ފުޓުބޯޅަ މުބާރާތަކީ މެސީގެ ކުޅޭ ފަސްވަނަ ވޯލްޑްކަޕެވެ. މެސީގެ އުމުރަކީ 35 އަހަރު ކަމަށްވާއިރު މެސީއާއެކު މިހާތަނަށް އާރޖެންޓީނާ އަށް ކާމިޔާބު ކުރެވިފައިވަނީ ކޮޕަރއެމެރިކާގެ ޓްރޮފީއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ:
ރޮނާލްޑޯ އާއެކު ޕޯރޗްގަލްއަަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތް 2016 ގައި ކާމިޔާބު ކުރުމެވެ. ރޮނާލްޑޯ އަށް ވަނީ މިއަހަރު 37 އަހަރުވެފައެވެ.
ލޫކާ މޮޑްރިކް:
37 އަހަރުގެ ކްރޮއޭޝިއާގެ މޮޑްރިކް އަކީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕްގައި ގޯލްޑެން ބޯލް ހޯދި ކުޅުންތެރިއެކެވެ. މިފަހަރުގެ މުބާރާތުގައި މޮޑްރިކް ކުޅޭނީ ކްރޮއޭޝިއާ ޓީމު ވޯލްޑް ކަޕުގެ އިތުރު ހަރުފަތަކަށް ގެންގޮސްދޭށެވެ.
ލުއިސް ސުއަރޭޒް:
އުރުގުއޭގެ މި ކުޅުންތެރިޔަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ކޮނޑުގައި ދަތް އަޅައިގެން ސަސްޕެންޝަނެއް ލިބުނު ހަމައެކަނި ކުޅުންތެރިޔާއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ސުއަރޭޒްގެ ތަފާތު ކުޅުމެއް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ތިއާގޯ ސިލްވާ:
ގިނަ ބައެއްގެ ފޭވަރުލިޓު ލިސްޓްގައި ހިމެނޭ ބްރެޒިލް ޓީމުގެ ތިއާގޯ ސިލްވާ އަކީ ވެސް ހާއްސަ ކުޅުންތެރިއެކެވެ. 38 އަހަރުގެ ތިއާގޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާއެވެ.
ކަރީމް ބެންޒެމާ:
ފްރާންސް ޓީމްގެ ކަރީމް ބެންޒެމާ އަކީވެސް ފޭންބޭސް ބޮޑު މޮޅު ކުޅުންތެރިއެކެވެ. ރިއާލް މެޑްރިޑްގެ ބެލުން ޑިއޯ ވިނަރ ބެންޒެމާގެ ހުނަރު އޭނާގެ އުފަން ގައުމުގެ ޓީމުގައި އަދި ދައްކާލެވޭ ވަރެއް ނުވެއެވެ.
މިފަހަރުގެ ވޯލްޑްކަޕް ތަފާތުވާ އަނެއް ސަބަބަކީ ފުރަތަމަ ފަހަރަށް މެފުއިރުމަތީގެ ގައުމެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ