- Advertisement -ad image

ބެންޒެމާއަށް ވޯލްޑްކަޕް ގެއްލި، ފްރާންސަށް ބޮޑު މާޔޫސް ކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ފްރާންސްގެ ކަރީމް ބެންޒެމާއަށް ފަހު ވަގުތު ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑްކަޕްުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ފްރާންސްގެ ގައުމީ ޓީމުން ނެރުނު އިއުލާނެއްގައި ބުނީ، ބެންޒެމާއަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

ބެންޒެމާއަށް އަނިޔާވެފައިވަނީ ފްރާންސްގެ ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އަދި އަނިޔާ ވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ކަމަށާއި އެ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތިން ހަފްތާ ނަގާނެކަމަށް އެމްއާރްއައި ރިޕޯޓަށް ރިއާޔަތްކޮށް އިއުލާނުގައި ބުނެފައިވެއެވެ.

އަނިޔާގެ ސަބަބުން ބެންޒެމާއަށް ނުކުޅެވޭނެކަން އެނގުނީ ހޮނިހިރު ދުވަހުގެ ޕްރެކްޓިހުގައި ލިބުނު އަނިޔާއަކަށް ފަހު ގަތަރުގެ ހޮސްޕިޓަލެއްގައި ހެދި އެމްއާރުއައި އަކަށް ފަހުއެވެ. 

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހިމެނިފައިވަނީ ޓިއުނީޝިއާއާ ޑެންމާކު އަދި އޮސްޓްރޭލިއާއާއެކު ގްރޫޕް ޑީ ގައެވެ.

ބޮޑެތި ތުހުމަތުތަކެއްގެ ސަބަބުން ގާތްގަނޑަކަށް 6 އަހަރުދުވަހު ގައުމީ ސްކޮޑުން ފުރުސަތު ނުލިބިހުރުމަށްފަހު ބެންޒެމާއަށް ގައުމީ ސްކޮޑުން ފުރުސަތު ދީފައިވަނީ 2021 ވަނަ އަހަރު ކުޅުނު ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ