- Advertisement -ad image

ރީތި ތަފާތު ހާއްސަ ހަރަކާތްތަކަކާއެކު ގަތަރު ވަރލްޑް ކަޕް 2022 ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ރީތި ތަފާތު ހާއްސަ ހަރަކާތްތަކަކާއެކު ގަތަރު ވަރލްޑް ކަޕް 2022 މިރޭ ފަށައިފިއެވެ.
އަލް ބަގަތު ސްޓޭޑިއަމްގައި މިފަހަރުގެ ވަލްޑްކަޕް ފެށިގެން ދިޔައީ މީގެ ކުރިން އަހަރުތަކުގެ މުބާރާތްތަކުގެ ރަސްމިއްޔާތާ އެތައް ގޮތަކުން ތަފާތުކޮށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިމުބާރާތުގެ އެކި ކަންކަމަށް ގަތަރުން ވަނީ 300 ބިލިއަން ޑޮލަރު ހަރަދުކޮށްފައެވެ. މުބާރާތް ހުޅުވުމަށް ބޭއްވުނު ކުލަ ގަދަ ރަސްމިއްޔާތުގައި ގަތަރުގެ އަމީރު ތަމިމް ބިން ހަމަދު އަލް ސާނީވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިރޭ ޤަތަރުގައި ފެށި ވަލޑްކަޕަކީ މެދުއިރުމަތީގައި ބޭއްވޭ ފުރަތަމަ ވަރލްޑް ކަޕެވެ.
މިފަހަރުގެ މުބާރާތަކީ އަންހެން ރެފްރީން ފިރިހެން މެޗުތަކުގައި އިންސާފުކުރާތަން ފެނިގެންދާނެ ވެސް ފުރަތަމަ ވަރލްޑްކަޕެވެ. އަދި ކާރބަން ނިއުޓުރަލް މުބާރާތެއްގެގޮތުގައި ފީފާއިން އަމާޒު ހިފި ފުރަތަމަ މުބާރާތްވެސް މެއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިރޭގެ ފުރަތަމަ މެޗްގައި ކުޅެމުން ދަނީ މުބާރާތް ބާއްވާ ގަތަރު އަދި އިކުއިޑޯއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ