- Advertisement -ad image

ބަލި ގަބޫލުކޮށް ޓީމްތަކުން ރެއިންބޯ ބޭންޑް ނާޅަން ނިންމަފައި

ad image

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕްގެ މެޗްތަކުގައި ރެއިންބޯ ބޭންޑް އަޅައިގެން ކުޅޭނެކަމަށް ބުނި ޓީމްތަކުން ބަލި ގަބޫލުކޮށް މި ބޭންޑް ނޭޅުމަށް ނިންމައިފި އެވެ.

ރެއިންބޯ ބޭންޑް އަޅާނެކަމަށް މީގެކުރިން ބުނެފައިވާ ޓީމުތަކަކީ އިންގްލޭނޑް، ޖަރުމަނު، ނެދަރލޭންޑް އަދި ޔޫރަޕަށް ނިސްބަތްވާ ވޭލްސް، ބެލްޖިއަމް، ޑެންމާރކްއަދި ސްވިޒަލޭންޑެވެ. . އެހެންނަމަވެސް އެ ހަތް ޓީމު ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން ނިންމީ ބޭންޑް އަޅައިގެން ކުޅެފިނަމަ ކުޅުންތެރިންނަށް ރީނދޫ ކާޑު ނުވަތަ ދަނޑުން ފޮނުވާލުމުގެ ފުރުސަތު އޮތަތީ އެ ރިސްކު ނަގަން ބޭނުން ނުވާ ކަމަށެވެ.

މިރޭ އިންގްލޭންޑް ވެސް ކުޅެފައިވަނީ މި ބޭންޑާއި ނުލައެވެ.

މިގޮތަށް ޓީމުތަކުން ނިންމާފައިވަނީ މީގެ ކުރިން ވޯލްޑްކަޕް ބާއްވާ ގަތަރުން މި މުބާރާތުގެ ތެރެއިން އެއްޖިންސުން ގުޅުން ހިންގުމަށް ބާރުލިބޭފަދަ އެއްވެސް ނުކުރެވޭނެކަމަށް އަންގާފައި ވަނިކޮށެވެ. އެހެންކަމުން ވޯލްޑްކަޕްގެ މެޗަކަށް މި ބޭންޑް އަޅައިގެން ކުޅެން އަރައިފިނަމަ ސަސްޕެންޝަނަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި ގަތަރުން ވަނީ އިސްލާމީ ޝުއޫރުތައް ފާޅުކުރުމާއި އަދި ދަނޑުތަކާއި ކައިރި ހިސާބުތަކުގައި ރަލުގެ ބާވަތްތައް ވެސް ވިއްކުން މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ