- Advertisement -ad image

ވަލްޑްކަޕް 2022: އިންގްލޭންޑަށް ފޯރިގަދަ ފެށުމަކާއެކު އައު އުއްމީދެއް

ad image

ގުޅުންހުރި ލިޔުންތައް

މޮޅު ކުޅުމެއް ދައްކައި އިންގްލެންޑުން 2-6 ގެ ބޮޑު ތަފާތަކުން އީރާން ބަލިކޮށްފި އެވެ.

މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މިރޭ އީރާންއާ ދެކޮޅަށް އިންގްލެންޑުން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުން އީރާނަށް ލިބުނު އެންމެ ބޮޑު މައްސަލައަކީ މެޗު ފަށައިގެން ކުރީކޮޅު އެޓީމުގެ އިތުބާރު ގޯލްކީޕަރު އަލީރެޒާ ބެއިންވަންރަންޑަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ.

އިންގްލެންޑް ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ.ލަނޑުތައް ކަމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް، ބުކާޔޯ ސަކާ، ރަހީމް ސްޓާލިންގެ އިތުރުން މާކަސް ރަޝްފާޑް އެވެ.އީރާންގެ ދެވަނަ ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ޖެހި ތަރެމީ އެވެ.
ވޯލްޑް ކަޕްގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި ސެނެގޯލް އެވެ. މިރޭ ކުޅޭ ފަހު މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ވޭލްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ