- Advertisement -ad image

ސައުދީން ވަރުގަދަ އާރޖެންޓީނާ ބަލިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕްގައި މިއަދު ހަވީރު އާޖެންޓީނާއާ ވާދަކުރި މެޗު 1-2 އިން ސައުދީ އަރަބިއާ ކާމިޔާބުކޮށްފި އެވެ.

ގިނަ ބައެއްގެ ސަޕޯޓު އޮންނަ އާރޖެންޓީނާގެ ފުރަތަމަ މެޗުން ބަލިވެ ވަނީ ގިނަ ބަޔަކަށް ހައިރާންކަމާއި މާޔޫސްކަން ގެނުވާފަ އެވެ.

މިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިއޮނެލް މެސީގެ ޕެނަލްޓީއަކުން އާޖެންޓީނާ ވަނީ ގޯލު ޖަހައިފަ އެވެ. އޭގެފަހުން އެޓީމުން އިތުރު ދެ ގޯލު ޖެހި ނަމަވެސް އޮފްސައިޑްވުމުން އެ ގޯލުތައް ގަބޫލެއްނުކުރި އެވެ.

ސައުދީ އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ފުރަތަމަ ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލް-ޝެހްރީ އެވެ. 53 ވަނަ މިނެޓުގައި ސައުދީގެ ދެވަނަ ގޯލު ޖަހައިދިނީ އަލް-ދައުސަރީ އެވެ.

ވޯލްޑް ކަޕަށް ނުކުތްއިރު ފޯމުގެ ގޮތުން ވެސް ދެޓީމުގެ މެދުގައި ބޮޑު ފަރަގެއް އޮތެވެ. އާޖެންޓީނާ ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތްއިރު ސައުދީ އޮތީ 51 ވަނައިގަ އެވެ. އަދި ސައުދީގެ މި މޮޅަކީ އެޓީމަށް ވޯލްޑް ކަޕްގައި ލިބުނު ހަތަރު ވަނަ މޮޅެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ