- Advertisement -ad image

ގޯލެއް ނުޖެހި ޓިއުނީޝިޔާ އަދި ޑެންމާރކްގެ މެޗް ނިންމާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް-ޑީ ގައި މިރޭ ކުޅުނު ޑެންމާކް އާއި ޓިއުނީޝިޔާގެ މެޗު ގޯލެއް ނުޖެހި ނިންމާލައިފި އެވެ.

ފީފާގެ ރޭންކިންގައި ޑެންމާކް 10 އެއްގައި އޮތްއިރު ޓިއުނީޝިޔާ އޮތީ 30 ގައެވެ. އަދި މިއީ މި ދެ ޓީމުގެ ހަވަނަ ވޯލްޑް ކަޕެވެ.

މިރޭގެ މެޗުގައި ޑެންމާކުން ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އަދި ޓިއުނީޝިޔާއިން ވަނީ ވަރުގަދަ ޑިފެންސެއްވެސް ދައްކާފަ އެވެ. މި މެޗުގައި ޑެންމާކަށް ދެ ޕެނަލްޓީ ލިބުނު ނަމަވެސް ފަހުން ރެފްރީވަނީ މިއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފަ އެވެ.

މި މެޗުގައި ޑެންމާކަށް ދެ ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ. އަދި ޓިއުނީޝިޔާއަށް ވަނީ އެއް ރީނދޫ ކާޑު ދައްކާފަ އެވެ.

ވޯލްޑްކަޕްގައި މިރޭ 21:00 ގައި ދެން ކުޅޭނީ ގްރޫޕް ސީ ގެ ދެ ޓީމު ކަމަށްވާ މެކްސިކޯ އާއި ޕޮލޭންޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ