- Advertisement -ad image

ސައުދީ ޓީމުގެ ތާރީހީ މޮޅާއެކު، މާދަމާ ސްކޫލްތަކާއި ސަރުކާރު އޮފީސްތައްވެސް ބަންދު!

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވަލްޑްކަޕް 2022 ގައި މިއަދު މެންދުރު އާރޖެންޓީނާގެ މައްޗަށް ކުރި ސައުދީއަރަބިއްޔާގެ ޓީމުން ހޯދި މޮޅާ ގުޅިގެން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ސައުދީ ކިންގްޑޮމް އިން އިއުލާންކޮށްފައިވާގޮތުން މި ތާރީހީ މޮޅުގެ އުފާ ފާޅުކުރުމުގެ ގޮތުން ސަރުކާރުގެ ހުރިހާ އޮފީހަކާއި ކޮލެޖް ޔުނިވަރސިޓީތަކާއި ސްކޫލްތައްވެސް ބަންދު ކަމަށެވެ.
ވަލްޑްކަޕްގެ ތާރީހުގަައި ސައުދީ އަރަބިއްޔާ އަށް ވަރުގަދަ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއްގެ މައްޗަށް ކުރި ހޯދުނު މިއީ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗް ކާމިޔާބުކުރީ 2-1ނަތީޖާއަކުންނެވެ.

މި ގުރޫޕުގައި ދެން އޮތީ ޕޮލެންޑް އަދި މެކްސިކޯއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ