- Advertisement -ad image

ގްރޫޕް ސްޓޭޖް ފުރަތަމަ މެޗްގައި ފްރާންސުން އޮސްޓްރޭލިއާ ބަލިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކުޅުނު ފުރަތަމަ މެޗްގައި އޮސްޓްރޭލިއާ ބަލިކޮށްފިއެވެ.
ރޭ މެންދަމު ބާރަ ޖެހިއިރު ކުޅުނު މިމެޗްގައި އެން ފުރަތަމަ ގޯލެއް ޖަހާ ލީޑު ނެގީ އޮސްޓްރޭލިއާ އިންނެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ނުވަވަނަ މިނެޓްގައި ގުޑްވިންއެވެ.
އޭގެ ފަހުން މެޗްގެ އެއްވަރުކޮށްދިނީ ފްރާންސްގެ ރެބިއޮޓް ޖަހާދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ 32 ވަނަ މިނެޓްގައި ޖިރޫޑު ޖެހި ލަނޑުން ފްރާންސަށް ލީޑު ލިބުނެވެ.
ދެވަނަ ހާފު ފެށިގެން 71 ވަނަ މިނެޓްގައި ޖިރޫޑު ޖެހި ލަނޑުން ފްރާންސަށް ލީޑު ފުޅާވިއެވެ. އަދި އެމްބާއްޕޭގެ ގޯލުން މެޗް ނިމިގެންދިޔައީ 4 1 ފްރާންސް މޮޅުވެގެންނެވެ.
ފްރާންސް އަކީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމެވެ.

ފްރާންސް އަދި އޮސްޓްރޭލިއާ ހިމެނެނީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕްގައި ދެން އޮތީ ޑެންމާކް އަދި ޓިއުނީޝިއާއެވެ. މި ދެ ޓީމު ބައްދަލު ކުރި މެޗް ނިމުނީ އެއްވަރުވެގެންނެވެ.
އެހެން ކަމުން ގްރޫޕް ޑީ ގެ އެއްވަނައިގާ މިހާރު އޮތީ ފްރާންސް އެވެ. އަދި އެއް ޕޮއިންޓާއެކު ޑެންމާކު އަދި ޓިއުނީޝިއާ ކުރީގައި އޮތް އިރު ފްރާންސް އަތުން ބަލިވުމުން އޮސްޓްރޭލިއާ އޮތީ ޓޭބަލްގެ އެންމެ ފުލުގައެވެ.
މި ގުރޫޕުގައި ދެން ފްރާންސް ކުޅޭނީ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު ޑެންމާކާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ