- Advertisement -ad image

ކީޕަރަށް ދެއްކި ރަތްކާޑާއެކު ވޭލްސް ބަލިވީ ހިތިގޮތަކަށް!

ad image

ގުޅުންހުރި ލިޔުންތައް


ގަތަރުގައި މިހާރު ކުރިއަށްދާ ވަލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިރާން އާ އެއްކޮށް ކުޅުނު މެޗުން ވޭލްސް ބަލިވެއްޖެއެވެ.
މިމެޗް އިރާން ކާމިޔާބުކުރީ 2 0 އަކުންނެވެ. މި މުބާރާތުގެ ފުރަތަމަ ރަތް ކާޑު ފެނިގެން ދިޔައީ މިމެޗުންނެވެ. އެގޮތުން އިރާން ޓީމުގެ ކުޅުންތެރިއަށް ކުރި ފައުލާއެކު ވޭލްސްގެ ކީޕަރަށް ވަނީ ރަތްކާޑު ދައްކާފައެވެ.
މި މެޗްގައި އިރާންގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފަހު ހާފްގެ އިތުރުވަގުތުގެ 8 ވަނަ މިނެޓްގައި ޗެސްމީއެވެ. އަދި ލީޑު ފުޅާކުރި ލަނޑު ޖެހީ އިތުރު ވަގުތުގެ 11 ވަނަ މިނެޓްގައި ރެޒިއަންއެވެ.

މިމުބާރާތުގައި އިރާނުން ފުރަތަމަ ކުޅުނު މެޗުގައި އިންގްލެންޑް އަތުން 6-2 ވަނީ ބަލިވެފައެވެ. ގްރޫޕް ބީގެ އެއް ވަނައިގައި މިވަގުތުއޮތީ ބޮޑު ތަފާތަކުން އިރާން ބަލިކުރި އިންގްލެންޑް އެވެ. އެއީ އިރާނާ އެއް ވަރަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އެމެރިކާ އޮތީ އެއް ޕޮއިންޓާ އެކު އެވެ. އަދި ފުލުގައި އޮތް ވޭލްސް އަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. މިރޭ މި ގްރޫޕްގެ ހަތަރު ވަނަ މެޗުގައި އިންގްލެންޑާއި އެމެރިކާ ބައްދަލުކުރާނެ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ އިންގްލެންޑަށް ގަދަ 16ގެ ޖާގަ ޔަގީންވީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ