- Advertisement -ad image

ގަތަރުގެ ވޯލްޑް ކަޕް ސިޓީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ad image

ގުޅުންހުރި ލިޔުންތައް

ގަތަރު ވޯލްޑްކަޕް ފޭން ސިޓީ އާއި ކައިރި ހިސާބެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑީއާ ރިޕޯޓްތައް ބުނާގޮތުން މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކޮންސްޓްރަކްޝަން ސައިޓެއްގައި ވޯލްޑްކަޕް ފޭން ސިޓީ އާ ކައިރި ހިސާބެއްގައެވެ. ލުސައިލް އަވަށުގައި ހިނގި މި އަލިފާނުގެ ހާދިސާ ހިނގި ތަނުން ވަރަށް ބޯކޮށް ކަޅު ދުން އަރާފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ ދާދި އަވަހަށް އަލިފާން ނިއްވާލާފައެވެ.

މިމަހުގެ ވިހި ވަނަ ދުވަހު ގަތަރުގައި ފެށިގެން ކުރިއަށްދާ ވަލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެގައުމުން ތައްޔާރުވީ ބޮޑު ހޭދައެއް ކޮށްގެންނެވެ.

ގަތަރުގެ އިންޓީރިއާ މިނިސްޓަރު ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިރޭ ދަންވަރު ބާރަ ޖަހާއިރު އާޖެންޓީނާ އާއި މެކްސިކޯ މެޗް ކުޅުމަށް ހަމަޖައްސާފައިވާ ދަނޑާވެސް ކައިރީގާ ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ލުސައިލް ސްޓޭޑިއަމް އާއި 3.5 ކިލޯމީޓަރު ދުރު ތަނެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ