- Advertisement -ad image

މެކްސިކޯގެ މައްޗަށް ކުރި ހޯދާ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އާޖެންޓީނާއިން އާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ގަތަރު ފީފާ ވޯލްޑްކަޕްގައި ގްރޫޕު ސްޓޭޖުގެ ދެވަނަ މެޗުން މެކްސިކޯގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދައިފިއެވެ.
މި މެޗުން އާޖެންޓީނާ މޮޅުވީ 2 0 އަކުންނެވެ. މި މެޗްގައި ފުރަތަމަ ގޯލް އާޖެންޓީނާ އަށް ޖަހައިދިނީ ލައޮނަލް މެސީއެވެ. މިއީ މެސީ ގައުމީޓީމަށް ވަލްޑްކަޕްގައި ޖަހައިދިން 8 ވަނަ ގޯލެވެ. އަދި މިއީ މެސީގެ އެންމެ ފަހުން ކުޅޭ ވަލްޑްކަޕަށްވެސް ވުން ގާތެވެ.
މެޗްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ 87 ވަނަ މިނެޓްގައި ޖެހި ލަނޑުން ފެނާންޑޭސްއެވެ.
މި ގުރޫޕުގެ ފަހު މެޗް އާޖެންޓީނާ ކުޅެންޖެހޭނީ ޕޮލެންޑާ ދެކޮޅަށެވެ. މިމެޗް އޮންނާނީ މިމަހުގެ ތިރީސް ވަނަ ދުވަހު ރޭ ދަންވަރުއެވެ. މި މެޗުން އާޖެންޓީނާ މޮޅުވެއްޖެނަމަ ދެވަނަ ބުރު ޔަގީންވާނެއެވެ.

މި ގުރޫޕުގެ އެއްވަނައިގާ މިހާރު އޮތީ 4 ޕޮއިންޓާއެކު ޕޮލެންޑެވެ. ތިން ޕޮއިންޓާ ފައިދާ އެއް ގޯލާއެކު ދެވަނައުގާ އޮތީ އާޖެންޓީނާއެވެ. ތިން ޕޮއިންޓާއެކު ސައުދީ އޮތީ ތިންވަނައިގައެވެ. އެއްޕޮއިންޓާއެކު މެކްސިކޯ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ