- Advertisement -ad image

ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގަ ޕޯޗުގަލްއިން ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗްގައި ޕޯޗުގަލުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ އުރުގުއޭ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ޕޯޗުގަލްގެ ލަނޑާއެކު އުރުގުއޭއިން ކުރިއަށް ޖެހި އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލުއިސް ސުއަރޭޒަށް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގައި ޕޯޗުގަލްއިން ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗަށް ނުކުތްއިރު، ޕޯޗުގަލުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ގާނާގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. ގްރޫޕް ސްޓޭޖުގައި އުރުގުއޭއިން ކުޅުނު ފުރަތަމަ މެޗުގައި ކޮރެއާ އާއި ދެކޮޅަށް ނުކުތްއިރު، އެ މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ޕޯޗުގަލުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ، ކުޅުނު ދެ މެޗުން ލިބިނު ހަ ޕޮއިންޓާއެކުގައެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ގާނާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ދެކުނު ކޮރެއާ އާއި ހަތަރުވަނައިގައި އޮތް އުރުގުއޭއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ