- Advertisement -ad image

ބުރާސްފަތި ދުވަހަކީ ފީފާގެ ތާރީހުގައި ބޮޑު ދުވަހެއް: ރެފްރީކަން ކުރާނީ ހުސް އަންހެނުން!

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑްކަޕްގައި މާދަމާ ކޮސްޓަރިކާ އާއި ޖަރުމަނު ބައްދަލުކުރާ މެޗުގައި ރެފްރީންގެ ގޮތުގައި ތިބޭނީ ހުސް އަންހެނުންކަމަށް ފީފާއިން ހާމަކޮށްފި އެވެ.

މިއާއެކު ފީފާގެ ތާރީހުގައި މާދަމާ ވެގެންދާނީ ވެސް އައު ރެކޯޑެއް ޤާއިމްކުރެވޭނެ ދުވަހަކަށެވެ. މީގެކުރިން ފީފާ ވޯލްޑްކަޕްގައި ހުސް ފިރިހެނުން ކުޅޭ މެޗެއްގައި ރެފްރީންގެ ގޮތުގައި ހުސް އަންހެނުން ބައިތިއްބާފައެއް ނުވެއެވެ.

މި މެޗުގައި ރެފްރީކަން ކުރާ 38އ. ގެ ސްޓެފާނީ ފްރަޕާޓްވާނީ މިފަދަ މެޗެއްގައި ރެފްރީކަން ކުރާ ފުރަތަމަ އަންހެން ރެފްރީއަށެވެ. ފްރާންސްއަށް ނިސްބަތްވާ ސްޓެފާނީ އާއެކު މި މެޗުގައި ދެން ރެފްރީކަން ކުރާނީ ބްރެޒިލްއަށް ނިސްބަތްވާ ނިއުޒާ ބަކް އާއި މެކްސިކޯގެ ކަރެން ޑިއާޒް މެދީނާ އެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ އަލް ބައިތް ސްޓޭޑިއަމްގަ އެވެ.

ސްޓެފާނީ ވަނީ މި ވޯލްޑްކަޕްގައި މެކްސިކޯ ޕޮލޭންޑް ކުޅުނު މެޗުގައި ހަތަރުވަނަ އޮފިޝަލެއްގެ މަގާމްވެސް ފުރާފައެވެ. މިއީ ފްރާންސްއިން މިފަދަ މުބާރާތެއްގައި އޮފިޝަލްކަންވެސް ކޮށްފައިވާ ފުރަތަމަ އަންހެންމީހާ އެވެ.

2020ވަނަ އަހަރު ސްޓެފަނީވަނީ މެންސް ޗެމްޕިއަން ލީގުގެ ފުރަތަމަ އަންހެން ރެފްރީކަން ވެސް ކޮށްފަ އެވެ. އަދި ޔޫއެފާގައި ވެސް ރެފްރީއެއްގެ މަގާމު ފުރާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ