- Advertisement -ad image

އާޖެންޓީނާ އަދި ޕޮލެންޑްވެސް ދެވަނަ ބުރަށް!

ad image

ގުޅުންހުރި ލިޔުންތައް


ފީފާ ވަލްޑްކަޕްގައި ރޭ ގުރޫޕު ސީގެ މެޗްތައް ނިންމާލި އިރު އެ ގުރޫޕުން ގަދަ 16 ނުވަތަ ދެވަނަ ބުރަށް ދާ ދެ ޓީމު ކަށަވަރުވެއްޖެއެވެ.
އެގޮތުން ގުރޫޕު ސީން ދެވަނަ ބުރަށް ގޮސްފައިވަނީ އާޖެންޓީނާ އަދި ޕޮލެންޑެވެ.
ގުރޫޕު ސްޓޭޖްގެ ފަހު މެޗްގައި ރޭ އާޖެންޓީނާ އާއި ޕޮލެންޑް ބައްދަލު ކުރި މެޗް އާޖެންޓީނާއިން ކާމިޔާބު ކުރީ 2 0 ގެ ނަތީޖާ އަކުންނެވެ. އަދި މި ގުރޫޕުގައި ސައުދީ އަރަބިއްޔާ އަދި މެކްސިކޯ ވާދަކުރި މެޗު މެކްސިކޯ ކާމިޔާބު ކުރީ 2 1 ނެވެ.
ހަ ޕޮއިންޓް ލިބިގެން ގުރޫޕުގެ އެއްވަނައިގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް ގޮސްފައިވާއިރު ޕޮލެންޑް ދެވަނައިގަ އޮވެ ގަދަ ސޯޅަ އަށް ދަތުރު ކުރީ ހަތަރު ޕޮއިންޓް ލިބިގެންނެވެ.
މިމުބާރާތުގައި ގަދަ ސޯޅައިގެ މެޗްތައް ފަށާނީ ޑިސެމްބަރު ތިން ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ