- Advertisement -ad image

ތާރީހީ މޮޅަކާއެކު މޮރޮކޯވެސް ގަދަ ސޯޅައަށް!

ad image

ގުޅުންހުރި ލިޔުންތައް


ފީފާ ވަލްޑްކަޕްގައި މިރޭ ގުރޫޕު އެފްގެ މެޗްތައް ނިންމާލި އިރު އެ ގުރޫޕުން ގަދަ 16 ނުވަތަ ދެވަނަ ބުރަށް ދާ ދެ ޓީމު ކަށަވަރުވެއްޖެއެވެ.
އެގޮތުން ގުރޫޕު އެފުން ދެވަނަ ބުރަށް ގޮސްފައިވަނީ މޮރޮކޯ އަދި ކްރޮއޭޝިއާއެވެ.
ގުރޫޕު ސްޓޭޖްގެ ފަހު މެޗްގައި މިރޭ މޮރޮކޯ އާއި ކެނަޑާ ބައްދަލު ކުރި މެޗް މޮރޮކޯއިން ކާމިޔާބު ކުރީ 2 1 ގެ ނަތީޖާ އަކުންނެވެ.
އަދި މި ގުރޫޕުގައި ބެލްޖިއަމް އަދި ކްރޮއޭޝިއާ ވާދަކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެހެންކަމުން މި ގުރޫޕުގައި ދެ ވަނަ ބުރަށް ގޮސްފައިވަނީ މޮރޮކޯ އަދި ކްރޮއޭޝިއާއެވެ.
މިމުބާރާތުގައި ގަދަ ސޯޅައިގެ މެޗްތައް ފަށާނީ ޑިސެމްބަރު ތިން ވަނަ ދުވަހުއެވެ.

ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެން މޮރޮކޯ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު މިއީ 1986 ވަނަ އަހަރުގެ ފަހުން ގްރޫޕް ސްޓޭޖްގެ މެޗްތައް ފަހަނައަޅައި ގޮސް ގަދަ 16 އަށް މޮރޮކޯ ޓީމުން ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ