- Advertisement -ad image

ޖަރުމަނު ކަޓުވާލައި ޖަޕާނުވެސް ދެވަނަ ބުރަށް!

ad image

ގުޅުންހުރި ލިޔުންތައް


މިހާރު ކުރިއަށްދާ ފީފާ ވަލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ފަހު މެޗުގައި ވަރުގަދަ ސްޕެއިން ބަލިކޮށް ޖަޕާނުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި ގުރޫޕުގެ ދެވަނަ މެޗްގައި ކޮސްޓަ ރީކާ އަތުން މޮޅިވި ނަމަވެސް ޖަރުމަން ވަނީ މުބާރާތުން ކަޓައިފައެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ ޕޮއިންޓްގެ ގޮތުން ޖަރުމަނާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން އެ ޓީމަށް ކުރި ލިބިފައިވާތީއެވެ.
މިއީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރުވެސްމެއެވެ.

ބުރާސްފަތި ދުވަހުގެރޭ ސްޕެއިންގެ މައްޗަށް ޖަޕާނުން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާތަކާއެކު ޖަޕާނަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސްޕެއިންއާ ތިންވަނައިގައި އޮތް ޖަރުމަނަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިންއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ