- Advertisement -ad image

ވަލްޑްކަޕް 2022: ދެވަނަ ބުރުގެ މެޗްތައް މިރޭ ފަށާނެ

ad image

ގުޅުންހުރި ލިޔުންތައް

މިހާރު ކުރިއަށްދާ ގަތަރު ވަލްޑްކަޕް 2022 ގެ ގުރޫޕު ސްޓޭޖް މެޗްތައް ނިންމައި ދެވަނަ ބުރުގެ މެޗުތައް މިރޭ ފަށާނެ އެވެ.
އެގޮތުން މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އޮންނަ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެމެރިކާ އަދި ނެދަރލޭންޑްސްއެވެ.

މިރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭ ދެވަނަ ބުރުގެ މެޗްގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާއެވެ.
ދެވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ އަށެއް ޖަހާއިރު ބައްދަލު ކުރާނީ ފްރާންސް އާއި ޕޮލެންޑެވެ.
އަދި އެރޭ ދަންވަރު ކުޅޭ މެޗްގައި ބައްދަލުކުރާނީ އިންގްލެންޑް އަދި ސެނެގާލްއެވެ.
ދެވަނަ ބުރުގެ އެންމެ ފަހު މެޗްގައި ބައްދަލު ކުރާނީ ޑިސެމްބަރު ހަތްވަނަ ދުވަހު ސްވިޓްޒަރލޭންޑް އަދި ޕޯރޗްގަލްއެވެ. އޭގެ ފަހުން ނުވައެއް ޑިސެމްބަރުގައި ފަށާނީ މި މިބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗްތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ