- Advertisement -ad image

ގަދަ ސޯޅައަށް މިރޭ ނިކުންނައިރު ޓީމު އޮތީ ވަރުބަލިކޮށް: އާޖެންޓީނާ ކޯޗު

ad image

ގުޅުންހުރި ލިޔުންތައް


ވަލްޑްކަޕްގައި މިރޭ ދަންވަރު ބާރަ ޖަހާއިރު އާޖެންޓީނާ އާއި އޮސްޓްރޭލިޔާ ބައްދަލުކުރާ އިރު ޓީމު އޮތީ ވަރަށް ވަރުބަލިކޮށް ކަމަށް އާޖެންޓީނާގެ ކޯޗު ލައޮނަލް ސްކޮލާނީ ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ސްކޮލާނީ ޝަކުވާކޮށްފައިވަނީ ގުރޫޕު ސްޓޭޖް މެޗްތައް ނިންމާ ގަދަ ސޯޅަ އަށް ތައްޔާރުވުމަށް ޓީމަށް އެކަށީގެންވާ ރެސްޓެއް ނުލިބުމުންނެވެ.
ނަމަވެސް މިރޭގެ މެޗްގައި އާޖެންޓީނާގެ ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް ސްކޮލާނީ ގަބޫލު ކުރެއެވެ.
ގުރޫޕު ސްޓޭޖްގެ ފަހު މެޗްގައި އާޖެންޓީނާ ބުދަ ދުވަހުގެ ރޭ ޕޮލަންޑާ އެކު ކުޅުނު އިރު މިރޭ ދަންވަރު އަނެއްކާވެސް ޓީމު ދެވަނަ ބުރުގެ މެޗް ކުޅެން ޖެހޭތީ ކޯޗް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
“ އަހަރެންގެ ޓީމަށް ރެސްޓްކޮށްލަން 48 ގަޑި އިރު ލިބުނީ ކިރިޔާ. އެކަމަކު ދެން އޮތް ޓީމަށް އެއަށްވުރެ ގިނަ ވަގުތު ވަނީ ލިބިފައި. މި ކަންބޮޑުވުން އެބައޮތް އަހަރެންގެ “ ކޯޗް ސްކޮލާނީ ބުންޏެވެ.

ސްކޮލާނީ ބުނީ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗްގައި ޑި މާރިއާ އަށް އިންޖަރީވެފައިވާ ކަމަށާއި މިރޭ މެޗްގެ ސްޓާޓިން ލައިން އަޕް އިއުލާނު ކުރުމުގެ ކުރިން ޑިމާރިއާގެ ފިޓްނަސް ހުރި މިންވަރު ބަލާނެ ކަމަށެވެ.

2006 ގެ ވަލްޑްކަޕަށް ފަހު އޮސްޓްރޭލިޔާ ދެވަނަ ބުރަށް ކޮލިފައިވި މިއީ ފުރަތަމަ ފަހަރެވެ. މިހާތަނަށް ގުރޫޕު ސްޓޭޖްގައި އޮސްޓްރޭލިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ