- Advertisement -ad image

މެސީގެ 1000ވަނަ މެޗުން މޮޅުވެ އާޖެންޓީނާ ކުއާޓާ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ކެރިއަރުގައި 1000 ވަނަ މެޗުން މޮޅުވެ، އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުއާޓާ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ރައުންޑް އޮފް 16 ގައި އޮސްޓްރޭލިއާގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. އެގޮތުން އޮސްޓްރޭލިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި އާރޖެންޓީނާ ކޮޅަށް ގޯލު ޖަހައިދިނީ އެޓީމުގެ ކެޕްޓަން އަދި ތަރި ލިއޮނެލް މެސީއެވެ.

މިއީ މެސީގެ ކެރިއަރުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 94 ވަނަ ލަނޑެވެ. އަދި ކެރިއަރުގައި ކުޅުނު 1000 މެޗުން އޭނާ ޖެހި 789 ވަނަ ލަނޑެވެ.

މިއީ މިހާތަނަށް މެސީ ކުޅުނު ފަސް ވަނަ ވޯލްޑް ކަޕުގައި އޭނާ ޖެހި ނުވަވަނަ ލަނޑެވެ. މި ލަނޑާއެކު މެސީ ވަނީ، ވޯލްޑް ކަޕުގެ ތާރީޚުގައި އާޖެންޓީނާގެ ޖާޒީގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހައިގެން، އެ ޝަރަފު ހޯދި މަރަޑޯނާ ފަހަތަށް ޖައްސާފައެވެ.

މުބާރާތުގެ ރައުންޑް އޮފް 16އަށް އާޖެންޓީނާ ދަތުރުކުރީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުގެ އެއްވަނަ އާޖެންޓީނާއިން ހޯދީ ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ