- Advertisement -ad image

އެމްބާއްޕެގެ ރީތި ދެ ގޯލުން ފްރާންސް ކުއާޓަރ ފައިނަލަށް!

ad image

ގުޅުންހުރި ލިޔުންތައް


މިހާރު ކުރިއަށްދާ ވަލްޑްކަޕް ފުޓުބޯޅަމުބާރާތުގައި ފްރާންސް ކުއާޓަރފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ރާއްޖެ ގަޑިން އަށެއް ޖެހިއިރު ފެށި މިމެޗްގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ފްރާންސަށް ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދިނީ ޖިރޫޑުއެވެ.
އަދި ލީޑު ފުޅާކުރި ދެ ގޯލުވެސް އެ ޓީމަށް ޖަހައިދިނީ އަރަމުން އަންނަ ޒުވާން ތަރި އެމްބާއްޕެއެވެ.

ޕޮލެންޑްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 3 1 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗްގައި ޕޮލެންޑް ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ލެވަންޑޮސްކީއެވެ.

މި ލަނޑުތަކާއެކު އެމްބާއްޕެ ވެފައިވަނީ މިއަހަރުގެ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށެވެ. އެގޮތުން މުބާރާތުގައި ހަތަރު މެޗް ކުޅުނުއިރު އެމްބާއްޕެ ވަނީ ޖުމުލަ ފަސް ގޯލް ޖަހާފައެވެ.


މީގެ އިތުރުން ތިން ލަނޑު ޖަހައިގެން ރަން ބޫޓަށް ވާދަ ކުރާ ކުޚުންތެރިންގެ ތެރޭގައި އާރޖެންޓީނާގެ ލައޮނަލް މެސީ، ފްރާންސްގެ ޖިރޫޑު، ސްޕެއިންގެ އަލްވާރޯ މޮރާޓާ ހިމެނެއެވެ.

ކުއާޓަރ ފައިނަލަށް މިހާރު ގޮސްފައިވާ ޓީމުތަކުގެ ތެރޭގައި އާޖެންޓީނާ އަދި ނެދަރލޭންޑްސް ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ