- Advertisement -ad image

ވޯލްޑްކަޕުގެ ފުރަތަމަބުރުން ކެޓުމުން ލިބުނު ހިތްދަތިކަން ފިލުވާލަން ސުއަރޭޒް ޖައްސާލީ ރާއްޖެއަށް!

ad image

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

ސުއަރޭޒް ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް ސުއަރޭޒް ގަތަރު އެއާލައިނުން ރާއްޖެ އިއްޔެ އައިސްފައިވާކަމަށް ބައެއް މިޑިޔާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

ވޯލްޑްކަޕުން އުރުގުއޭ ކެޓިއިރު މިއީ ސުއަރޭޒްގެ ފަހު ވޯލްޑްކަޕަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ވޯލްޑް ކަޕްގައި ގޯލެއް ނުޖެހުނު ނަމަވެސް މި ސީޒަންގެ ގިނަ މުބާރާތްތަކެއްގައި އޭނާވަނީ ގޯލުޖަހައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިއަހަރަކީ މިއީ ސުއަރޭޒް ވޯލްޑް ކަޕްގައި ބައިވެރިވި ތިން ވަނަ އަހަރެވެ. ގުރޫޕު ސްޓޭޖްގެ ތިން މެޗު ކުޅުނުއިރު އުރުގުއޭ މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ