- Advertisement -ad image

ވަލްޑްކަޕްގެ ދެވަނަ ބުރުން ކެޓުމުން ބޯހަމަޖައްސާލަން ލެވަންޑޮސްކީވެސް ރާއްޖެއަށް!

ad image

ގުޅުންހުރި ލިޔުންތައް

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ކެޓުމުން ޕޮލެންޑްގެ ރޮބާޓް ލެވޮންޑޮސްކީ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

ލެވޮންޑޮސްކީ ޗުއްޓީ ހޭދަކުރަމުން ދަނީ ވެލާ ޕްރައިވެޓް އައިލެންޑްގައެވެ. ލެވޮންޑޮސްކީ ގަތަރު އެއާލައިނުން ރާއްޖެ އައީ މިއަދު އޭނާގެ އާއިލާ އާއެކު ކަމަށް މައުލޫމާތުލިބެއެވެ.

ގަތަރުގައި ކުރިއަށްދާ ވަލްޑްކަޕް 2022 ގައި ޕޮލެންޑް ދެވަނަ ބުރުގައި ވާދަކުރީ ފްރާސް އާއެވެ. ފްރާންސުން ވަނީ 3 1 އެއްގެ ނަތީޖާއަކުން މި މެޗް ކާމިޔާބުކޮށްފައެވެ.
މިއީ ލެވޮންޑޮސްކީ ފެންނާނެ އެންމެ ފަހުގެ ވަލްޑްކަޕެވެ.

މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވޮންޑޮސްކީ ވަނީ މިއަހަރު ވަލްޑްކަޕްގައި ޕޮލެންޑަށް ލިބުނު ދެ ޕެނަލްޓީ މިސްކޮށްލާފައެވެ.
ގަތަރުގައި ކުރިއަށްދާ ވަލްޑްކަޕަށްފަހު ބައެއް ފުޓުބޯޅަ ކުޅުންތެރިން ދަނީ ރާއްޖެއަށް ޗުއްޓީއަށް އަންނަމުންނެވެ. އެގޮތުން އުރުގުއޭގެ ފޯވާޑް ސުއަރޭޒްވެސް މިވަގުތު އާއިލާއާއެކު ރާއްޖޭގައި އެބަހުއްޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ