- Advertisement -ad image

ޖަޕާން ބަލިކޮށް ކްރޮއޭޝިއާވެސް ކުއާޓަރ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް

ވަލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ ޖަޕާން އާ ކްރޮއޭޝިއާ ކުޅުނު ފޯރިގަދަ މެޗްގެ 90 މިނެޓް ހަމަވިއިރު ދެ ޓީމު ވަނީ އެކެއް އެކަކުން އެއްވަރުވެފައެވެ.
އިތުރުވަގުތުގެ ގޮތުގައި ފަނަރަ މިނެޓްގެ ދެ ހާފު ކުޅެގެންވެސް ދެޓީމުން ކުރެ އެއްޓީމަކަށްވެސް ގޯލެއް ނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޖަޕާނުން ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދިއުމަށް ކުރި މި ދަތުރު މި ފަހަރު ވެސް ނިމިގެންދިޔައީ ގަދަ 16 އާއި ހަމައިންނެވެ. މީގެ ކުރިން ވެސް ޖަޕާނުންވަނީ ތިން ފަހަރެއްގައި ގަދަ 16 ގައި ކުޅެފަ އެވެ. އެއީ 2002، 2010 އަދި 2018 ވަނަ އަހަރު އެވެ.

ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އިން ކުޅޭނީ މިރޭ ގަދަ 16ގައި ބްރެޒިލާއި ދެކުނު ކޮރެއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ