- Advertisement -ad image

18 ވަނަ ފަހަރަށް ބްރެޒިލް ވަލްޑްކަޕްގެ ކުއާޓަރ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް

ވަލްޑްކަޕްގެ ތަށި ފަސް ފަހަރަށް ހޯދައިފާވާ ބްރެޒިލް މިއަހަރުވެސް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބްރެޒިލް ކުއާޓަރ ފައިނަލަށް ދަތުރު ކުރީ ރޭ ގަދަ ސޯޅައިގެ މެޗް ސައުތު ކޮރެއާގެ މައްޗަށް 4 1 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މެޗްގެ 7 ވަނަ މިނެޓްގައި މި ލަނޑު ބްރެޒިލްއަށް ކާމިޔާބުކޮށްދިނީ ވީ ޖޫނިޔާއެވެ. ބްރެޒިލް ޓީމުގެ ލީޑު ފުޅާކުރި ގޯލުޖެހީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ނޭމާ އެވެ.
ބްރެޒިލްގެ ހަތަރު ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގެ 45 މިނެޓް ތެރޭގައެވެ.
މެޗްގެ ތިންވަނަ ލަނޑު 29 ވަނަ މިނެޓްގައި ރިޗާލިސަން ޖެހިއިރު ހަތަރުވަނަ ލަނޑު 36 ވަނަ މިނެޓްގައި ޖެހީ ލޫކަސް ޕަކުއެޓާއެވެ.
ކޮރެއާއިން ޖެހި ލަނޑު ޖަހާފައިވަނީ މެޗްގެ 76 ވަނަ މިނެޓްގައި އެސް އެޗް ޕައިކް އެވެ.

ކުއާޓަރ ފައިނަލުގައި ބްރެޒިލް ކުޅެންޖެހޭނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. މި މެޗް އޮންނާނީ މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ