- Advertisement -ad image

ރާމޯސްގެ ހެޓްރިކާ އެކު ޕޯޗުގަލް ކުއާޓަރ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް

ރާމޯސްްގެ ހެޓްރިކާއެކު 6-1 އިން ސްވިޒަލޭންޑް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފިއެވެ.
މިއީ 15 އަހަރު ފަހުން ޕޯޗުގަލް ވަލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ޕޯޗުގަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ މުބާރާތުގެ ފުރަތަމަ ހެޓްރިކް މި މެޗުން ފެނިޣެންދިޔައިރު ބެންފިކާގެ ގޮންސަލޯ ރާމޮސް ކުޅެން އަރާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައެވެ.
ކުއާޓާފައިނަލްގައި ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
މި މެޗާއެކު ވަލްޑްކަޕް 2022 ގެ ގަދަ ސޯޅައިގެ މެޗްތައް ނިމުނީ އެވެ.
ދެން މިމަހުގެ ނުވައެއްވާ ހުކުރު ދުވަހު ފެށިގެންދާނީ މި މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗްތަކެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ އަށެއް ޖަހާއިރު ބައްދަލު ކުރާނީ ބްރެޒިލް އަދި ކްރޮއޭޝިއާއެވެ. އެރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ އާޖެންޓީނާ އާއި ނެދަރލޭންޑްސް އެވެ.
މޮރޮކޯ އާ ޕޯޗްގަލް ހޮނިހިރު ދުވަހުގެ ރޭ އަށެއް ޖަހާއިރު ކުޅޭއިރު އެރޭ ބާރަ ޖަހާއިރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ފްރާންސް އާއި އިންގްލެންޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ