- Advertisement -ad image

ފަސްތަރިޖެހި ބްރެޒިލް ކަޓުވާލައި ކްރޮއޭޝިއާ ސެމީފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް


ވަލްޑްކަޕް ފުޓުބޯޅަ މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މޮޅު ބްރެޒިލް ކަޓުވާލުމަށްފަހު ކްރޮއޭޝިއާ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ގަތަރު ވަލްޑްކަޕް 2022 ގައި މިރޭ ކުޅުނު ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗު ކްރޮއޭޝިއާ ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 4 2 އަކުން ބްރެޒިލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ފޯރިގަދަ މޮޅު ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔަ މި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.
މެޗްގެ ފުރަތަމަ ލަނޑު ބްރެޒިލް ޓީމުގެ ނޭމާ ޖެހީ 105 ވަނަ މިނެޓްގައެވެ. އަދި 116 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ ޕެޓްކޮވިކް ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އެހެންކަމުންމެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ސެމީފައިނަލުގައި ކްރޮއޭޝިއާ އާއި ބައްދަލުކުރާ މެޗެއް އެނގިގެން ދާނީ މިރޭ ބާރަ ޖަހާއިރު އާޖެންޓީނާ އަދި ނެދަރލޭންޑްސް ކުޅޭ މެޗު ނިމުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ