- Advertisement -ad image

ތާރީހީ މޮޅަކާއެކު މޮރޮކޯއިން ސެމީ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް


ވަލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ޕޯރޗުގަލް ބަލިކޮށް މޮރޮކޯ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މޮރޮކޯއިން ޕޯޗްގަލްގެ މައްޗަށް ކުރި ހޯދީ 1 0 ގެ ނަތީޖާއަކުންނެވެ.
ގަތަރުގައި ކުރިއަށްދާ ވަލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މިރޭ ކުޅުނު ކުއާޓާރ ފައިނަލުގެ މެޗުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރީތި ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

މިއީ އިސްލާމީ ގައުމެއް، އަރަބި ގައުމެއް އަދި އެފްރިކާގެ ގައުމެއް ވޯލްޑްކަޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.
ޕޯޗްގަލް ވަލްޑްކަޕު ފުޓުބޯޅަ މުބާރާތުން ކަޓުވާލިއިރު މޮރޮކޯ ވަނީ މީގެ ކުރިން ސްޕެއިންވެސް މި މުބާރާތުން ކަޓުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ