- Advertisement -ad image

އިންގްލެންޑްވެސް ކަޓުވާލައިފި، ފްރާންސް ސެމީއަށް

ad image

ގުޅުންހުރި ލިޔުންތައް


ވަލްޑްކަޕް ތަށި ދިފާއު ކުރުމުގެ ފުރުސަތު ބޮޑުވެ ފްރާންސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވަނީ ރޭ ކުޅުނު ގަތަރު ވަލްޑްކަޕްގެ ކުއާޓާރ ފައިނަލުގައި އިންގްލެންޑް 2 1 ކުން ބަލިކޮށްފައެވެ.
މިއަހަރުގެ ވަލްޑްކަޕު ސެމީގައި ފްރާންސް ނިކުންނާނޫ މޮރޮކޯ އާއި ދެކޮޅަށެވެ. މިއީ މޮރޮކޯ މިމުބާރާތުގެ ސެމީއަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ އާޖެންޓީނާ އާއި ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާ އަކީ އެންމެ ފަހުން ބޭއްވި ވަލްޑްކަޕްގެ ރަނަރަޕެވެ.
މި މެޗްގެ އެންމެ ފުރަތަމަ ލަނޑު ޖެހީ 17 ވަނަމިނެޓްގައި އޮއުރެލިއެން ޗުއަމޭނީ އެވެ. މެޗްގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައީ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ކޭން ޖަހައިގެންނެވެ.
ފްރާންސް މި މެޗުން މޮޅުވި ގޯލް ޖަހައިދިނީ 78 ވަނަ މިނެޓްގައި ޖެހި ގޯލަކުން ޖިރޫޑުއެވެ.
މި މެޗުން ބަލިވުމުން ވަލްޑްކަޕްގެ ކުއާޓަރ ފައިނަލުން އެންމެ ގިނައިން ކެޓި ޓީމަކަށް އިންގްލެންޑް ވަނީ ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ