- Advertisement -ad image

ހަކީމީއަށް ފުޓުބޯޅަ ކުޅެގެން ލިބޭ ލާރި ބަހަނީ ފަގީރުންނަށް!

ad image

ގުޅުންހުރި ލިޔުންތައް

މޮރޮކޯގެ ކުޅުންތެރިޔާ އަޝްރަފް ހާކިމީ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުކަމާއި ލޯބި ހޯދާފައިވާ ކުޅުންތެރި އެކެވެ. ފީފާ ވޯލްޑް ކަޕް 2015އިން ހަކީމީގެ ނަން ވިދާލި ނަމަވެސް، އޭނާއަކީ މޮރޮކޯގެ ރައްޔިތުންނަށް ރަންގަނޑެކެވެ.

ފަގީރުކަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރާ ހަކީމީގެ މުސާރައިގެ ބޮޑުބައެއްވެސް ހޭދަކުރަނީ މިކަމަށެވެ. އެގޮތުން 2015 އިން ފެށިގެން މޮރޮކޯއަށް ހަކީމީ ކުޅެދޭ ކޮންމެ މެޗެއްގެ ފައިސާ އޭނާ ބަހަނީ ފަގީރުންނަށެވެ.

24އ. ގެ މި ޒުވާން ކުޅުންތެރިޔާއަށް ސަޕޯޓަރުންގެ ސަމާލުކަން އެންމެ ބޮަޑަށް ހުއްޓުނީ ގޯލެއްޖަހާ ކޮންމެ ފަހަރަކު މެޗު ބަލަން އިންނަ އޭނާގެ މަންމައަށް ބޮސްދޭ މަންޒަރު ފެނިފައެވެ. ހަމައެހެންމެ ސްޕެއިންގެ މެޗުގައި ޕެނަލްޓީއިން މޮރޮކޯ މޮޅުވުމަށްފަހު ހަކީމީވަނީ އޭނާ ލައިގެން ހުރި ޖާޒީވެސް ބޭލުމަށްފަހު މަންމަ އަތަށް ދީފައެވެ.

ހަކީމީ އުފަންވެފައިވަނީ އެފްރިކާގެ ފަގީރުކަމުން ނިކުތުމަށް މޮރޮކޯއަށް ހަކީމީގެ މައިންބަފައިން ދަތުރުކުރަނިކޮށެވެ. އޭރު ހަކީމީގެ މަންމަ ސައީދާ ގޭގޭގައި މަސައްކަތު މީހެއް ގޮތަށް އުޅެމުން ދިޔައިރު އޭނާގެ ބައްޕަ ހަސަން ދިޔައީ މަގުމަތީގައި މޭވާ ވިއްކުމުގެ ވިޔަފާރި ކުރަމުންނެވެ.

ހަކީމީވަނީ އޭނާ އުޅެ ބޮޑުވި ނިކަމެތި ހާލު ފޭނުންނާއި ހިއްސާވެސް ކޮށްފަ އެވެ. އަދި މައިންބަފައިން ދެއްކި ނަމޫނާއާއި ދިން ހިތްވަރަށް އަބަދުވެސް ޝުކުރުވެރިވާކަމަށް އޭނާވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ