- Advertisement -ad image

މެސީގެ ހިތްވަރުން އާޖެންޓީނާ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް


ފީފާ ވަލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ. މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ކްރޮއޭޝިއާ 3 0 ކުން ބަލިކޮށް އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ މެސީގެ ހިތްވަރުންނެވެ.
ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި އާޖެންޓީނާ އަދި ކްރޮއޭޝިއާއިންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން މެސީއެވެ.
ފަހުން ޖެހި ދެ ގޯލްވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. އެގޮތުން މި ދެ ލަނޑުވެސް ޖެހީ އަލްވަރޭޒްއެވެ.
އާޖެންޓީނާއާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ ބުދަ ދުވަހުގެ ރޭ ދަންވަރު ބާރަޖަހާއިރު ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗަށް ފަހު އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ މޮރޮކޯ އާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ. ފައިނަލް މެޗު އޮތީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ